މިދިއަ ހަފުތާގައި، ދުބާއީގައި ކަރަންޓުގައި ޖެހިގެން އިންޑިއާގެ އަންހެނަކު މަރުވެފައިވާތީ ، އެމައްސަ ދުބާއީގެ ފުލުހުން ތަޙުގީގުކުރަން ފަށައިފިއެވެ.

އިންޖިނިއަރެއް އަދި މަންމައެއްކަމުގައިވާ، އުމުރުން 35 އަހަރުގެ ނީތޫ ގަނޭޝް މަރުވީ ގޭގައި ފެންވަރަން ހުއްޓާ ލިބުނު ކަރަންޓު ޝޮކެއްގެ ސަބަބުންކަމަށް ދުބާއީގެ ފުލުހުން ބުނެއެވެ. ނަމަވެސް ޙަގީގަތުގައި، ވީކީއްކަން ޔަގީންކުރުމަށްޓަކައި، ފުލުހުން މިހާރުވަނީ ތަޙްގީގެއްކުރަން ފަށާފައެވެ.

ފުލުހުން ބުނާ ގޮތުގައި ނީތޫގެ އާއިލާއިން މިކަމުގައި ، ނީތޫ މަރުވާން ދިމާވި ސަބަބު މެދުވެރިކުރުމުގައި ، ދައުރެއް އަދާނުކުރާކަންވަނީ ޔަގީންވެފައެވެ.

ނަމަވެސް، ކަރަންޓު ބޭނުންކުރުމުގައި ގޭތެރޭގައި ގެންގުޅެންޖެހޭ ސަލާމަތީ ހަމަތައް ހިފެހެއްޓުމުގައި އާއިލާއިން އިހުމާލެއް، އަޅާނުލާ ދޫކޮށްލި ދޫކޮށްލުމެއް ، ވޭތޯ ފުލުހުންދަނީ ބަލަމުންނެވެ.

އުމުރުން ހައަހަރުގެ ތުއްތު ފިރިހެން ދަރިއެއްގެ މަންމައެއްކަމަށްވާ ނީތޫ، ކަރަންޓުގައިޖެހި މަރުވީ މިމަހުގެ 14 ވަނަ ދުވަހު ހަވީރު، ފެންވަރަން ހުއްޓާކަމަށް އާއިލާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު