ސަރުކާރުގެ އަމާޒަކީ ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ޖިނާއީ ޢަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ޤާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން މިއަދު ފެށުމާއި ގުޅިގެނެވެ.
ޓެގު އެޅުވުން އަނެއްކާވެސް ފަށާފައިވާއިރު މީގެކުރިން ވެސް އެމަސައްކަތް ކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އެކަން އޮތީ ހުއްޓިފައެވެ.
ހޯމް މިނިސްްޓަރ އިމްރާން ވިދާޅުވީ ޓެގް އަޅުވަން ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާނުވާނޭކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު މިނިޒާމު މިއަދު ބޭނުންކުރެވެނީ މައިގަނޑުގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ނަމަވެސް ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި ‘މޮނިކޮން’ ބޭނުންކުރެވޭނެ އިތުރު އިޖުރާއަތްތައް ތައާރަފުކުރުންކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުންކަމަށެވެ.
މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެއެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެއެވެ.

ޖިނާއީ ޢަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ފުލުހުންގެކިބާގައި ޤާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން މިއަދު ފަށައިފި. ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމަލެއްނުވާނެ.
— Imran Abdulla (@ShimranAb) June 23, 2023
ހޯމް މިނިސްްޓަރ އިމްރާން ވިދާޅުވީ ޓެގް އަޅުވަން ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާނުވާނޭކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު މިނިޒާމު މިއަދު ބޭނުންކުރެވެނީ މައިގަނޑުގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ނަމަވެސް ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި ‘މޮނިކޮން’ ބޭނުންކުރެވޭނެ އިތުރު އިޖުރާއަތްތައް ތައާރަފުކުރުންކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުންކަމަށެވެ.
މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެއެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު