ރާއްޖޭގެ ކަންކަން ތަރުތީބުވެ ނިމެމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބުމަށް ފަސޭހަވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދު ﷲ ވިދާޅުވީ ކަންކަން ތަރުތީބުވެ ނިމެމުން ދަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަށް ފަހިވެ ފަސޭހަވާ ގޮތަށްކަން އިންސާފުވެރި، ހަރު ބުއްދިން ވިސްނާ ކޮންމެ މީހަކަށް ފެންނާނެ ކަމަށެވެ.
އިމްރާން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން އެޕާޓީން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި ހަދައިގެން މަސައްކަތް ފައްޓަވާފައެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް ދަ ޑިމޮކްރެޓްސް ޕާޓީ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުންދާ ވަގުތެއްގައި ކަން ފާހަގަކޮށްލެވެއެވެ. އަލަށް އުފައްދަން މަސައްކަތްކުރާ އެޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގަންނަވަނީ ކޯލިޝަނަކާއެކު އެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އެމްޑީއޭ އިންނެވެ.

Allah ge heyo rahumathun kan kan tharutheebuve nimemun midhanee Raees @ibusolih ah dhevana dhaureh libumah fahive faseyhavaa gothahkan insaafuveri, haru buhdheen visnaa konme meehakah fennaane eve.
— Imran Abdulla (@ShimranAb) June 22, 2023
އިމްރާން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން އެޕާޓީން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި ހަދައިގެން މަސައްކަތް ފައްޓަވާފައެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް ދަ ޑިމޮކްރެޓްސް ޕާޓީ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުންދާ ވަގުތެއްގައި ކަން ފާހަގަކޮށްލެވެއެވެ. އަލަށް އުފައްދަން މަސައްކަތްކުރާ އެޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގަންނަވަނީ ކޯލިޝަނަކާއެކު އެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އެމްޑީއޭ އިންނެވެ.
ކިޔުންތެރިންގެ ހިޔާލު