ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތްވެސް ނުނިންމައި ދައުރު ނިންމާލުމަށްފަހު މަޖިލީސް މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގައި މަރުތަޅުއެޅި ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދެހަފްތާ ފަހުން މިއަދު ވަނީ މަޖިލީހުގައި ޖަލްސާއެއް ބާއްވާފައެވެ. މަޖިލީސް ޑެޑްލޮކަކަށް ދިޔައީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާ ގުޅިގެން އެ ދެ ބޭފުޅުން ވެސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވުމާ ގުޅިގެންނެވެ.
މަޖިލީސް ޑެޑްލޮކަކަށް ދިއުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުން ވިލިފުށީދާއިރާގެ މެންބަރު ޙަސަން އަފީފަށް މަޖިލީހުގެ ރައީސް ޙަވާލު ކުރެއްވިއެވެ. ނަމަވެސް ޤަވާއިދުގައި ބުނާ ތިން ޖަލްސާގެ ރިޔާސަތު އަފީފް ބެލެހެއްޓެވުމަށްފަހު މަޖިލީހުގައި ވަނީ މަރުތަޅުއެޅިފައެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުމަކަށްއައީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް މަޖިލީސް ހުއްޓުމަކީ ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެކަމަށް ވަކިގޮތެއް ނިމިފައެއް ނުވެއެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާފައި މިވަނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން އެ ކަންކަމުގައި ގޮތެއް ނިމެންދެން މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީން އެދިފައިވަނި ކޮށެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މޭ 18 ވަނަ ދުވަހު އެވެ. ދެވަނަ ދައުރުގައި 14 ޖަލްސާއެއް ބާއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނެފައިވާގޮތުން މަޖިލީހުގެ ޖަލްސާތައް، އަހަރުގެ ތެރޭގައި ބަހާލެވިފައިވަނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު