ރައީސް ޞާލިޙްގެ ޓީމުން ކުރާ މަސައްކަތްތަކަށް ކާމިޔާބު ދެއްވުމަށް އެދި ވަޑައިގެން ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ދުޢާ ކުރަށްވައިފިއެވެ.
ދާޚިލީ ވަޒީރު އިމްރާން ޢަބްދުއްالله މިއަދު ވިދާޅުވީ އިންސާނުންނަށް އޮންނަނީ ގަދަ އަޅާ މަސައްކަތް ކުރުން ކަމަށެވެ. އަދި ކާމިޔާބު ދެއްވާނީ މާތް ﷲ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ ޓީމުން ކުރާ ހެޔޮ ރަނގަޅު މަސައްކަތްތަކަށް ކާމިޔާބު ދެއްވުމަށް އިމްރާން ވަނީ ދުޢާ ކުރަށްވާފައެވެ.
އިމްރާން މިމޭރުމުން ރައީސް ޞާލިޙަށް ހެޔޮ ދުޢާ ކުރަށްވާފައިވާއިރު އިމްރާނަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޢަދާލަތު ޕާޓީގެ ރައީސްއެވެ. އަދި އެޕާޓީންވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޞާލިޙާއެކު ކުރިއަށް ދިއުމަށް ކޯލިޝަން ހަދާފައެވެ. އަދި ޢަދާލަތު ޕާޓީގެ އިސްފަރާތްތަކުން ވިދާޅުވެފައިވަނީ މިއަހަރުގެ އިންތިޚާބު ރައީސް ޞާލިޙް ފަސޭހަކަމާއެކު ކާމިޔާބު ކުރަށްވާނެ ކަމަށެވެ.
ހަމައެއާއެކު ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.

Insaanunnah onnanee gadha’alhaa masahkaiy kurumeve.
— Imran Abdulla (@ShimranAb) June 5, 2023
Kaamiyaabudhehvanee maaiy Allah eve.
Maaiy Allah Raees @ibusolih aa emanikufaange teamun kuraa heyo,rangalhu masahkaiy thakah kaamiyaabu dhehvaashi.
އިމްރާން މިމޭރުމުން ރައީސް ޞާލިޙަށް ހެޔޮ ދުޢާ ކުރަށްވާފައިވާއިރު އިމްރާނަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޢަދާލަތު ޕާޓީގެ ރައީސްއެވެ. އަދި އެޕާޓީންވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޞާލިޙާއެކު ކުރިއަށް ދިއުމަށް ކޯލިޝަން ހަދާފައެވެ. އަދި ޢަދާލަތު ޕާޓީގެ އިސްފަރާތްތަކުން ވިދާޅުވެފައިވަނީ މިއަހަރުގެ އިންތިޚާބު ރައީސް ޞާލިޙް ފަސޭހަކަމާއެކު ކާމިޔާބު ކުރަށްވާނެ ކަމަށެވެ.
ހަމައެއާއެކު ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު