ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، އަމިއްލައަށް ވޯޓުލެވޭ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ އެ އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީއަށް މި މައްސަލަ ފޮނުވުމަށް ފާސްވީ ވެސް 51 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގެ ބަހުސް މަރުހަލާވެސް މިއަދު ކުރިއަށް ގެންދިޔައިރު ހުރިހާ މެމްބަރުންވެސް ވަނީ މިއިސްލާހު ވީހާވެސް އަވަހަށް ފާސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މިއަދުގެ ކޮމިޓީ ރައީސް ނަޝީދު ނިންމަވާލެއްވީ މާދަމާ ހެނދުނު 10:00 އާ ހަމައަށް އެ އިސްލާހު މަޖިލީހުގެ ތަޅުމަށް ފޮނުވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ބްލައިންޑް އެންޑް ވިޒުއަލީ އިންޕެއާޓް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްނެގުމާއެކު މަޖިލީހަށް ހުށައަޅާފައިވާ އެ އިސްލާހުގައިވަނީ ލޯފަން މީހުން ވޯޓުލާނީ ހާއްސަ ޓެމްޕްލޭޓެއް ބޭނުންކޮށްގެން ކަމަށެވެ.
އެގޮތުން އެޓެމްޕްލޭޓަކީ ވޯޓުކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އިސްލާޙުގައިވެއެވެ.
އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ގޮތުން، ލޯފަން މީހުން ވޯޓުލާން ޖެހޭނީ މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި އޭގެ ސަބަބުން ގާނޫނުން ކަށަވަރުކޮށްދޭ އެތައް ހައްގެއް ލޮލަށް ނުފެންނަ މީހުންނަށް ގެއްލިފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާ އިސްލާޙު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު