ތ. ވޭމަންޑޫ ސުކޫލް ތަރައްޤީކުރުމަށް އެކުލަވާލި އެއްބަސްވުން އުވާލީ މަސައްކަތް ކުރިޔަށް ނުގެންދާތީ އެކަން ރަނގަޅު ކުރުމަށް 3 ފަހަރު ނޯޓިސް ދިނުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ވޭމަންޑޫ ސުކޫލުގެ 3 ބުރި އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރި ފަރާތާއިއެކު ހެދި އެއްބަސްވުން އުވާލާފައިވަނީ ކީއްވެތޯ މިއަދުގެ މަޖިލީހުގައި މިނިސްޓަރާއި ކުރިމަތިކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ވޭމަންޑޫ ސުކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް އަވަސް ކުރުމަށް ކޮންޓްރެކްޓަރާއި އެކު ވާހަކަދެކެވުނު ކަމަށާއި އެހެންނަމަވެސް، މަސައްކަތް އަވަސް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރިޔަށް ނުގެންދިއުމުން 17 ޖެނުއަރީ 2023 ގައި އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.
ވޭމަންޑޫ ސުލޫގެ 3 ބުރި އިމާރާތަކީ 18 އޮގަސްޓް 2021 ގައި ނާސާ ލިންކް ޕްރައިވެޓް ލިމިޑެޓާއި ހަވާލުކޮށް 8 ސެޕްޓެމްބަރު 2021 ގައި މަސައްކަތް ފެށިގެން ދިޔަ ޕްރޮޖެކްޓެކެވެ. އަދި 3 ސެޕްޓެމްބަރ 2022 އަށް އެ އިމާރާތް ނިންމުމަށް އޭރު އެއްބަސްވުމުގައި އޮތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ އެއްބަސްވުން އުވާލުމަށްފަހު 29 ޖެނުއަރީ 2023 ގައި އެޑިއުކޭޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމެއް އެ ސައިޓަށް ޒިޔާރަތް ކުރި ކަމަށާއި، އެ ޒިޔާރަތުގައި ސުކޫލުން އެއިމާރާތަށް ކަނެކްޓިން ބްރިޖަކާއި ޓެރަސްއެއް އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ ސުކޫލުން އެދުނު ގޮތަށް ބަދަލުކޮށް، މިހާރު އެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް ވަނީ ޓެންޑާ ބޯޑަށް ފޮނުވާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ ވޭމަންޑޫ ސްކޫލުގެ 3 ބުރި އިމާރާތް އެޅުމުގެ މަސައްކަތް އެއްމަސް ދުވަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު