ރާއްޖޭގެ 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް އޭސީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން ނިންމާފައިވަނީ އެވަޢުދު ފުއްދުމުގައި ތިމާވެއްޓާއި ރަޙުމަތްތެރި އަދި ޚަރަދުކުޑަވާނެ ގޮތަކަށް އެކަން ކުރުމަށެވެ.

ފ. ނިލަންދުއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ 155 މިސްކިތް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ އެ މަޝްރޫޢު ނިމުމުން މިސްކިތްތަކުގެ ކަރަންޓު ބިލުން 50 އިންސައްތަ ކުޑަކުރެވޭނެކަމަށެވެ. އަދި އެ ހުރިހާ މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރާއިރު މިސްކިތްތައް އެސީ ކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިސްކިތްތައް އޭސީކުރުމަށް ކުރަންޖެހޭ ސާރވޭގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން