ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު، އެމްޑީޕީއަށް ސޮއިކުރަށްވައިފި އެވެ.

މެންބަރު މުޙުސިން އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ކުރިފުޅުމަތީގައެވެ. އޭނާއާއެކު ރަށުގެ އިތުރު ބަޔަކުވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

ރައީސް ޞާލިޙް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި މެންބަރު މުހުސިން ވިދާޅުވީ އާބާދީއަށް ބެލުމެއް ނެތި ނިލަންދޫ ދާއިރާއަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ.

"މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދެ އަތޮޅަށް ދެއްވާ އަހައްމިއްޔަތަށް ހަމަ ޝުކުރިއްޔާ،" މުހުސިން މިއަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރަށްވަމުން ގެންދަވާ މުހުސިން މަޖިލީހަށް އިންތިޚާބުވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. މުހުސިން ސޮއިކުރެއްވުމާއެކު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 56 އެކެވެ.

މުހުސިން ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވެސް ސޮއިކުރަށްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން