ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައިސް އިބްރާޙިމް މުހައްމަދު ޞާލިޙްގެ އިސްތަށިފުޅުގައި އެޅުވީ ދޮގު އިލްޒާމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، ބޮމުގެ ހަމަލާގެ މަޢުލޫމާތު ރައީސް ޞާލިޙަށް ކުރިއަކުން ނޭނގޭ ކަމަށާއި، އެކަމާ ގުޅިގެން މަޖިލީހުގައި ބައެއް މެންބަރުން ދައްކަވާފައިވަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
މިއުވާން މިއަދު ވިދާޅުވީ މެއި ހަޔަކާ ގުޅުވައި ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ވާހަކަ ރައީސް ޞާލިޙަށް ކުރިއާލާ އެނގިވަޑައިގަންނަވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ މަޖިލީހުގެ ތަޅުމުގައި މެންބަރުންނަށް ލިބޭ އިމްތިޔާޒްގެ ނިވަލުގައި ތިއްބަވައިގެން ދައްކަވާ ވާހަކަތަކެއް ކަމަށް މިޢުވާން ވިދާޅުވިއެވެ.
"އެކަންކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް ދޭހަވާ ގޮތަކަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށްވެސް އޭގެ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން، ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް." މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އެފަދަ ވާހަކަތަކަކީ، ގެއްލިފައިވާ ސިޔާސީ ތާއީދު އަލުން އަނބުރާ ހޯދުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އިމްތިޔާޒު ލިބިވަޑައިގަންނަވާ ތަނަކުން ބޭރުގައި އެފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ބައިބައިވުން އުފެދޭނެ ދޮގު ވާހަކަތަކެއް އެބޭފުޅުން ދައްކަވައިފި ކަމަށް ވާނަމަ، ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ އަޅުގަނޑުމެން ބަލާނަން." މިއުވާން ވިދާޅުވިއެވެ.
މިއުވާން މިހެން ވިދާޅުވެފައިވާއިރު، ތިން ފަހަރެއްގެ މަތިން ބޮން ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނުކަން ސަރުކާރަށް އެނގޭކަމަށް ރައީސް ނަޝީދު ވަނީ މިމަހުގެ 24 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ގ. ކެނެރީގެއާއި މެރީ ބްރައުންއާއި ޔާގޫތުގޭ ކައިރީގައި ބޮމެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނުކަމުގެ މައުލޫމާތު ސަރުކާރަށް ސާފުކޮށް އެނގިފައިވާކަން މަޖިލިހުގައި ކުރި ތަހުގީގުތަކުންނާއި އިތުރު ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު