"ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" ފޮތުގެ މުޞައްނިފް އިބްރާހީމް މުޙައްމަދު (ވ). އަދި ރައީސް ނަޝީދު (ކ)
"ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" ފޮތުގެ މުޞައްނިފް އިބްރާހީމް މުޙައްމަދު (ވ). އަދި ރައީސް ނަޝީދު (ކ)
"ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" ގެ ނަމުގައި އިބްރާހީމް މުޙައްމަދު ލިޔުއްވައިފައިވާ ފޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ނެރެދެއްވައިފިއެވެ. މި ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މި ފޮތަކީ މީޑިއާގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި، ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި، ސިޔާސީ ކަންކަމަށް ޝަޢުޤުވެރިވާ މީހުންނަށާއި، ސަރުކާރުގައި މީޑިއާގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކިޔަވާ ކުދިންނަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާ ފޮތެކެވެ. މި ފޮތުގައި ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކުރެވޭ ބައެއް ބޭފުޅުންގެ ވާހަކަ އެކި މިސާލުގެ ސިފަސިފައިގައި ބަޔާންކޮށްފައިވެއެވެ.



މި ފޮތުގައި ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބައެއް ބޭފުޅުން ވެރިކަން ހޯއްދެއްވުމަށާއި، ވެރިކަމުގައި މީޑިއާގެ ވަސީލަތްތައް ބޭނުންކުރެއްވި ގޮތްތަކާއި، ދިވެހިރާއްޖޭގައި މަޢުލޫމާތު ފެތުރުމާއި ނޫސްވެރިކަމުގެ ޙާލަތާއި، ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގުމުގައި މީޑިއާގެ ދައުރު ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މީޑިއާގެ ވަސީލަތްތަކުގެ ބޭނުން ހިއްޕެވިގޮތަށް މި ފޮތުގައި ބަލައިލައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން