މަރޮލް
މަރޮލް
އިންޑިއާގެ މުންބައިގައި މީހަކު އޭނާގެ ފޯނު ގެއްލިގެން އެއާޕޯޓަށް ވަނުމަށް ފޭކު ޓިކެޓު ހަދައިގެން ގޮސް އުޅެނިކޮށް އަތުލައިގެންފިއެވެ.

މިއާދަޔާ ޚިލާފު ހާދިސާ ހިނގާފައިވަނީ އޭނާގެ ފޯނު އެއާޕޯޓަށް ގެއްލިފައިވުމުން އޭތި ހޯދުމަށް އޭނާ ކުރި މަސައްކަތުގެ ތެރެއިންނެވެ.

އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓު ކުރާގޮތުގައި މިހާދިސާގައި ހައްޔަރުކޮށްފައިވަނީ މަރޮލް ކިޔާ ސަރަހައްދެއްގައި އުޅޭ 37 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޓިކެޓެއްގެ ޞައްޙަނޫން ޑުބްލިކޭޓެއް ހަދައިގެން އެއާޕޯޓަށް ވަނުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ. އޭނާގެ މަގުސަދަކީ ހަފްތާއެއް ކުރިން ގެއްލިފައިވި އޭނާގެ ފޯނު ޓްރެކް ކުރުމަށް ކަމުގައިކަމަށް އޭނާ ބުނެއެވެ.

ހައްޔަރުކޮށްފައިވާ މިމީހާއަށް މިހާރު ވަނީ ޤާނޫނީގޮތުން ވަރުދަ ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެ ތެރޭގައި ބެއިލް ނުކުރެވޭގޮތަށް 7 އަހަރު ދުވަހަށް ޖަލުހުކުމެއް ތަންފީޒުކުރުން ހިމެނެއެވެ.



ރިޕޯޓުތަކުން ބުނާގޮތުން ނޫރު އާލަމް މުހައްމަދު ގައްޔޫމް ޝެއިޙް ނަމަކަށް ކިޔާ ފަސިންޖަރެއް ވިސްޓަރާ އެއަރލައިންއިން ދަތުރުކުރި ފްލައިޓެއްގައި ބޯޑު ކުރުމަށް އެއާޕޯޓަށް ވަދެ ޑިޕާރޗަރ ގޭޓުކައިރިއަށް އައިކަން އެއާލައިންގެ މުވައްޒަފުންނަށް ފާހަގަކުރެވިގެން ބެލިބެލުމުން އެނަން ކިޔާ ފަސިންޖަރެއް އެވަގުތު އެބޯޓުގައި ދަތުރުކުރުމަށް ހަމަޖެހިފައި ނެތްކަން ފާހަގަވިއެވެ. އަދި މިޓިކެޓަކީ ޑެލީއިން މުންބައިއަށް ދަތުރުކުރި ފްލައިޓެއް ކަމަށާއި އޭނާގެ ޓިކެޓު ރިޗެކް ކުރުމުން އެފަދަ ޓިކެޓެއް ދޫކޮށްފައި ނުވާކަންވެސް ފާހަގަކުރެވުނުކަމަށެވެ. އަދި އޭނާއަތުގައި އޮތް ޓިކެޓު ދެވަނަ ފަހަރަށް ބެލުމުން އެއީ އޮރިޖިނަލްއެއް ނޫންކަންވެސް ފާހަގަކުރެވިފައިވާކަމަށްވެއެވެ.

އޭނާ ހައްޔަރުކޮށް އެއަރޕޯޓުގައި ހުންނަ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއރިޓީ ފޯސްއަށް ގެންގޮސް ވަގުތުން ސުވާލުކޮށް މައްސަލަ އިންވެސްޓިގޭޓު ކޮށްފައިވެއެވެ. އަދި ފުލުންނާއި އޭނާ ހަވާލުކޮށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓުކުރެވިފައިވެއެވެ.

އިންވެސްޓިގޭޝަންގައި އޭނާ އެއަރޕޯޓަށް އެގޮތަށް ވަދެފައިވަނީ ފޯނު ގެއްލިގެން ކަމަށާއި އަދި ފޯނު ގެއްލުނު ކަމުގެ ރިޕޯޓުކުރެވިފައި ނުވުމުންކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެއަރޕޯޓުގެ ސީސީޓީވީ ފުޓޭޖު ބަލައި އޭނާގެ ފޯނު ގެއްލުނު ހިސާބު ފާހަގަކޮށް ފޯނު ގެއްލުނު ސަރަހައްދު ހޯދުމުގެ ގަސްތުގައި ކުރިކަމެއް ކަމަށްވެސް އޭނާ ބުނެއެވެ. މިކަމަށް އޭނާ ބޭނުންކޮށްފައިވަނީ ކުރީގައި އޭނާ ދަތުރުކުރި ފްލައިޓެއްގެ ޓިކެޓެއް ނަގައި އޭގައި އިން ތާރީޙު ބަދަލުކޮށްގެންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން