ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮށްފައިވާ ޖޫރިމަނާ މުއްދަތުގެ ތެރޭގައި ނުދައްކާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

އަރބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާއި ގުޅިގެން، ކޮންމެ އެޕާރޓްމެންޓެއް، 100000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި 2 ފަރާތުންވެސް އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ދިން މުއްދަތު ހަމަވީ އިއްޔެ އެވެ. ނަމަވެސް އެފަރާތްތަކުން ޖޫރިމަނާ ފައިސާ ދައްކާފައެއް ނުވެއެވެ.

އާބަންކޯއިން ބުނެފައިވަނީ، އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރިއިރު، އެކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިކަމަށެވެ.

އެހެންކަމުން އެތަން ކުރިން ހުރި ގޮތަށް އަލުން ބަދަލުކުރުމަށް 10 ދުވަހުގެ މުއްދަތެއް އެފަރާތްތަކަށް އާބަންކޯއިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން