ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
ޝިޔާމް އާއި އިދިކޮޅު ކޯލިޝަނުން މިއަދު މަޖިލީހުގައި ނުރުހުން ފާޅުކޮށްފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ދޫކޮށްލުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެއެވެ.
އެގޮތުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަށްވައި ރިޔާސަތަށާއި މެމްބަރުންނަށް ދަތިވާގޮތަށް ޢަމަލުކުރެއްވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ މެންބަރު ޝިޔާމަށް ދެ ފަހަރެއްގެ މަތިން ނަސޭހަތް ދެއްވާފަ އެވެ.
އެއަށްފަހު ރިޔާސަތުން މިއަދުވަނީ ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައެވެ.
މިއަދުގެ މަޖިލިސް އިތުރަށް ކުރިއަށް ގެންގޮސްފައިވަނީ މެންބަރު ޝިޔާމް މަޖިލީހުން ނިކުމެވަޑައިގަތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު