މި ސަރުކާރުންވަނީ އީޕީއޭ މިނިވަންކަމާއެކު ހިންގޭނެ ގޮތް ހަދާފައި ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހިދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ސަރުކާރުން ވައުދުވެފައިވަނީ އީޕީއޭއަކީ މިނިވަން ކަމާއެކު ހިނގާ ބާރުވެރި މުއައްސަސާއަކަށް ހެދުމަށްކަމަށާއި އެމަގުން މަސައްކަތް ކުރަމުންދާކަމަށެވެ.
ޝައުނާ ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވައުދާ އެއްގޮތަށް އީޕީއޭ މިނިވަންކަމާއެކު ހިންގޭނެ ގޮތް ހަދާފައިވާ ކަމަށާއި މިހާރު އެ ކޮމިޝަނަކީ އެއްވެސް ސިޔާސީ ނުފޫޒެއް ވަންނަ ތަނެއް ނޫން ކަމަށެވެ.
ދުނިޔޭގެ ތަހުޒީބުވެފައިވާ ގިނަ ޤައުމުތަކުގައިވެސް އީޕީއޭއަކީ ޤައުމުގައި އެވަގުތު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެށީގެ ވަޒީރެއްގެ ދަށުން ހިނގާ އެޖަންސީއެއް ކަމަށް ޝައުނާ ވިދާޅުވި އެވެ. ހަމައެއާއެކު، ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމް ނޫންކަމަށްވެސް ޝައުނާ މިއަދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އީއައިއޭ ހެދުމާއި ފާސްކުރުމުގެ ބާރުތައް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލު ކުރުމުން އީޕީއޭގެ ބާރު ކެނޑިގެންދިޔަ ކަމަށާއި، ނަމަވެސް މި ސަރުކާރުން ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމަށްފަހު އީއައިއޭ ފާސް ކުރުމުގެ ބާރު އަލުން އެ އެޖެންސީއަށް ލިބޭ ގޮތަށް ހަދާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތާއި އެއްގޮތަށް މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އިޕީއޭ ހެދުމުގެ ވިސްނުން ސަރުކާރުގައި ނެތްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު