ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޤަވާއިދާއި ޚިލާފުވުމުން، ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރަސްމީ މަސައްކަތް ފެށުމުގެ ކުރިން، ރިޔާސަތުން ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ޖާބިރު ވަނީ މަޖިލީހުގައި އަޑުގަދަކުރައްވަން ފައްޓަވާފައެވެ. ޖާބިރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން އަޑުގަދަކުރައްވާފައެވެ.
ޖާބިރު މިގޮތަށް އަޑުގަދަކުރެއްވުމުން ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވާފައެވެ. އެންމެ ފުރަތަމަ މަޖިލީހުގެ ސެކިއުރިޓީން އޭނާ މަޖިލީހުން ބޭރަށް ގެންދަން އުޅުމުން އޭނާ ވަނީ ބިންމަތީ އިށީނދެ ވަޑައިގެން މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިގަންނަވަން ދެކޮޅުހައްދަވާފައެވެ.
ނަމަވެސް ފަހުން ޖާބިރު މަޖިލީހުން ބޭރަށް ވަޑައިގަތީ އަމިއްލަފުޅަށެވެ.
ޖާބިރު މަޖިލީހުގައި އަޑުގަދަކުރަށްވަމުން ގެންދެވިއިރު، އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ އިންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު