ރައްޔިތުންގެ މަޖިލީހުގެ ވަގުތު އިތުރުކޮށްގެން ނަމަވެސް ކޮތަޅުގެ މައްސަލަ ޙައްލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިހެން ވިދާޅުވީ ކޮތަޅުގެ އަގުބޮޑުވެގެން މައްސަލަތަކެއް އުފެދިގެން އުޅެނީ ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރިއިރު މާއްދާއެއް އުނިކޮށްލުމުންކަމަށާއި، އެކަން އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޝަރީފް ވިދާޅުވީ މަޖިލީހުގެ ޗުއްޓީ ރަސްމީކޮށް ފެށޭނީ އަންނަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން 4 ދުވަސް މި މައްސަލަ ޙައްލުކުރުމަށް މަޖިލީހަށް ލިބޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑު ގޮވާލަން މުޙައްމަދު ނަޝީދަށް މި ހަފްތާ އެއްކޮށް ޖަލްސާ ބާއްވައިގެން މި މައްސަލަ ނިންމަން." ޝަރީފް ވިދާޅުވެފައިވެއެވެ.
ކޮތަޅުން ނަގާ ފީ ބޮޑުވެ ރައްޔިތުން ބޮޑު ތަކުލީފެެއް އުފުލަންޖެހިފައިވާ މައްސަލަ ހައްލު ނުކޮށް މަޖިލިސް ޗުއްޓީއަށް ނުދިޔުމަށް ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވެސް ގޮވާލައްވާފައިވެއެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ލާޒިމްކުރުމުން އެނިންމުމަށް އަމަލުކުރަން ފެށުމާއި ގުޅިގެން ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ.

Majlis chuhtee rasmee koh fesheynee anna mahu eh vana dhuvahun feshigen kamah vaathee,maadhamai feshigen 4dhuvas eba oi jalsaa baavaigen Majlis in uni kuri maadhaa alun bill ithurukoh dheyn.Alhugadu govaalan @MohamedNasheed ah mi hafthaa ekkoh jalsa baavaigen mi masala nimman
— Ibrahim Shareef (@AdduShareef) April 23, 2023
ކޮތަޅުން ނަގާ ފީ ބޮޑުވެ ރައްޔިތުން ބޮޑު ތަކުލީފެެއް އުފުލަންޖެހިފައިވާ މައްސަލަ ހައްލު ނުކޮށް މަޖިލިސް ޗުއްޓީއަށް ނުދިޔުމަށް ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވެސް ގޮވާލައްވާފައިވެއެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ލާޒިމްކުރުމުން އެނިންމުމަށް އަމަލުކުރަން ފެށުމާއި ގުޅިގެން ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު