މަރިޔަމް ލަމްޙާ ރަޝީދު   19 އޭޕްރީލު 2023 - 14:12
ޗޮކްލެޓް ޗިޕް މަފިންސް
ޗޮކްލެޓް ޗިޕް މަފިންސް
މިއީ ޗޮކްލެޓް މީރު މީހުންނަށް ތައްޔާރުކޮށްލުމަށް ރަނގަޅު ފޮނި ބާވަތެކެވެ. މަފިންގައި ހުންނަ ފޮނިކަން ޗޮކްލެޓް ޗިޕްސްއިން ބެލެންސްކޮށްދެއެވެ. ޔަގީނުންވެސް މި މަފިން ރެސިޕީ ގޭގެ އެންމެނަށް ކަމުދާނެއެވެ. އަޖުމަ ބައްލަވާލައްވާށެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް

½ ޖޯޑު ހަކުރު

1 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ

½ ސައިސަމްސާ ލޮނު

1 ބިސް

4/3 ޖޯޑު ހޯލް މިލްކް

3/1 ޖޯޑު ތެޔޮ

4/3 ޗޮކްލެޓް ޗިޕްސް

ތައްޔާރުކުރާނެ ގޮތް:

އަވަން 200 ޑިގްރީއަށް ޕްރީ ހީޓް ކުރުމަށް ޖައްސާށެވެ. އެއަށްފަހު ބޮޑު ތައްޓެއްގައި ބޭނުންވާ ތަކެތީގެ ލިސްޓުގައިވާ ފުރަތަމަ ހަތަރު ބާވަތް އެއްކުރާށެވެ. ދެން އެހެން ތައްޓެއް ނަގައި ބިސް ރަނގަޅަށް ގިރާފައި ކިރު އަދި ތެލާއި އެއްކޮށްލާށެވެ. ދެން ފުށް ތަށީގެ ތެރެއަށް މިބައި އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ޗޮކްލެޓް ޗިޕްސްވެސް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ.



މަފިން ފިހުމަށް ބޭނުންވާ ޓްރޭ ނަގައި ތެޔޮ ހާކާލާށެވެ. ނުވަތަ ބޭކިން ޕޭޕާ އަޅާލާށެވެ. ދެން ކޮންމެ ބަޔަކަށް 4/3 ފުލް ވާނެހެން ތައްޔާރުކުތި މިކްސް އަޅާށެވެ. އަދި 20-18 މިނެޓު ވަންދެން އަވަނުގައި ފިހާށެވެ. އެއްކޮށް ފިހެވުނުތޯ ކަށަވަރު ކުރުމަށް ޓޫތު ޕިކްއެއް މަފިންގެ ތެރެއަށް ކޮށްޕާލައި ނަގާށެވެ. އޭގައި ފުށްގަނޑު ހޭކިފައި ނެތްނަމަ މަފިން ހުންނާނީ ރޯފިލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން