މަރިޔަމް ލަމްޙާ ރަޝީދު   18 އޭޕްރީލު 2023 - 20:23
އިޓާލިއަން ސޮސެޖް ޕާސްތާ
އިޓާލިއަން ސޮސެޖް ޕާސްތާ
މިއީ އަތްމަތި އަވަސްކޮށްލައި މީރު ކެއުމެއް ތައްޔާރުކޮށްލަން ބޭނުންވާ ވަގުތުތަކުގައި ތައްޔާރު ކޮށްލަން ފަސޭހަ ކެއުމެކެވެ. ދިވެހިންގެ ރަހައާއި އެއްގޮތް ކޮށްލުމަށް ވަޅޯމަސްކޮޅެއް އެޅުމުން އަދި އިތުރަށް މިރެސިޕީ ފުރިހަމަ ވެގެން ދާނެއެވެ.

ބޭނުންވާ ތަކެތި:

250 ގްރާމް ސްޕައިރަލް ޕާސްތާ

500 ގްރާމް ސޮސެޖް

1 ފިޔާ

2 ލޮނުމެދު

1 ޕެކެޓް ޓޮމާޓޯ ޕޭސްޓް

1 ސައިސަމްސާ މުގުރި މިރުސް

ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

1 ޖޯޑު ސްޕިނަޗް

ގާނިޝް ކުރުމަށް:

ޕާމިޝޯން ޗީޒް

ބާޒިލް ލީވްސް (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ފެން ތެއްޔަކަށް ފެން އަޅައި ފެން ހޫނުވުމުން 1-3 މިނެޓް ވަންދެން ޕާސްތާ ކައްކާށެވެ. ދެން ޕާސްތާކޮޅު ވަކިން ނަގާއިރު 1 ޖޯޑު ފެން އުކާނުލައި ބަހައްޓާށެވެ.

ސޮސެޖުތައް ބޮޑެތިކޮށް – 1" ވަރަށް ކޮށާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮ އެޅުމަށްފަހު ސޮސެޖުތައް ހަލުވަމުން އެއަށް މަޑު މުށިކުލައެއް އަރަން ދެން ކައްކާށެވެ. ދެން ފިޔައާއި ލޮނުމެދު އެޅުމަށްފަހު ފިޔާގަނޑު ރޯފިލަންދެން މިގޮތަށް ކައްކާށެވެ. އެއަށްފަހު ޓޮމާޓޯ މުގުރި މިރުސް ލޮނު އަދި އަސޭމިރުސް އަޅައި މަޑު ގިނީގައި ކައްކާށެވެ. މިގޮތަށް ކައްކާނީ ސޯސްގަނޑު އޮލަވެ ރޮފިލަންދެނެވެ.

އެއަށްފަހު ސްޕިނަޗްއައި ބެހެއްޓި ފެންފޮދު އަޅައި މިނެޓެއް ވަންދެން ކައްކާށެވެ. ދެން ޗީޒްއަޅާށެވެ. އަދި މެލްޓުވުމުން ޕާސްތާއާއި މިކްސް ކޮށްލާށެވެ. އަދި ބާޒިލް ފަތްކޮޅު އަޅައި ސާވްކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން