މަރިޔަމް ލަމްޙާ ރަޝީދު   16 އޭޕްރީލު 2023 - 15:42
ޗޮޕް ސުއޭ
ޗޮޕް ސުއޭ
ޗޮޕް ސުއޭއަކީ ތަފާތު އެކި ވައްތަރުގެ ތަރުކާރީ އާއި މަހުގެ ބާވަތް އަޅައިގެން ތައްޔާރުކޮށްލެވިދާނެ ކެއުމެކެވެ. މިއީ ޗައިނާއަށް ނިސްބަތްވާ، ނަމަވެސް އެހެން ޤައުމުތަކުގައި ތަފާތު ބަދަލުތައް ގެނެސްގެން ތައްޔާރުކުރާ މީރު އަދި ޞިއްޙަތަށް ފައިދާހުރި ކެއުމެކެވެ.

ތިރީގައި މިވަނީ ސިމްޕްލީ ކުކް ކިޔާ އެމެރިކާގެ މަޖައްލާއަކުން ނަގާފައިވާ ޗޮޕް ސުއޭ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމްސާ ތެޔޮ

500 ގްރާމް ބޯންލެސް ޗިކަން (1 އިންޗި އަށް ކޮށާފައި)

½ ފިޔާ ( ކިއުބްކޮށް ކޮށާފައި)

2 މީޑިއަމް ސައިޒްގެ ކެރެޓް (4/1 އިންޗިއަށް ފޮތިކޮށްފައި)

3/1 ޖޯޑު ޗިކަން ބްރޮތު

2 މޭޒުމަތީ ސަމްސާ އޮއިސްޓަރ ސޯސް

1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް

2 ސައިސަމްސާ ހަކުރު

2 ސައިސަމްސާ ސެސިމީ އޮއިލް

8-10 މަޝްރޫމް

1 ރަތް ބެލް ޕެޕާ (ކިއުބް ކޮށް 1 އިންޗިއަށް ކޮށާފައި)

2 ތަނޑި ކޮރިއަންޑަރ (ފޮތިކޮށް ކޮށާފައި)

3 ތޮޅި ބީންސް

2 ލީކްސް (ފޮތިކޮށް ކޮށާފައި)

1 ½ ސައިސަމްސާ ކޯން ފްލާ

1 ½ ސައިސަމްސާ ފެން (ކޯން ފްލާ ގިރުމަށް)

ލޮނު

ތައްޔާރު ކުރާނެގޮތް:



ތެއްޔަކަށް ތެޔޮ އެޅުމަށްފަހު ކުކުޅުކޮޅު އަޅައި ރޯފިލާވަރަށް ހަލުވަމުން ކައްކާލާށެވެ. ދެން ކެރެޓް، ފިޔާ، ޗިކަން ބްރޮތު، އޮއިސްޓްރ ސޯސް، ސޯޔާ ސޯސް، ހަކުރު އަދި ސެސިމީ އޮއިލް އަޅައި 5 މިނެޓް ވަރު ގަދަ ގިނީގައި ހަލުވަމުން ފްރައި ކުރާށެވެ. ދެން އެއަށްފަހު މަޝްރޫމް، ބެލް ޕެޕާ ކޮރިއެންޑަރ އަޅައި އިތުރު 5 މިނެޓް ވަންދެން ފްރައި ކުރާށެވެ. ދެން އެއަށްފަހު ބީންސް ތޮޅިއާއި ލީކްސްކޮޅުއަޅައި 2 މިނެޓް ވަރު ވަންދެން ކައްކާލާށެވެ. ސޯސްގަނޑު އޮލަ ކޮށްލުމަށް ކޯން ފްލާ އާއި ފެން އެއްކޮށްލައި ތެލީގެ ތެރެއަށް އަޅާފައި، ރަހަލާވަރަށް ލޮނު އަޅައި 2 މިނެޓް ކައްކާލާށެވެ. އަދި ބަތާއިއެކު ސާވްކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން