މަރިޔަމް ލަމްޙާ ރަޝީދު   15 އޭޕްރީލު 2023 - 17:52
ބަނާނާ ބްރެޑް
ބަނާނާ ބްރެޑް
ހާރުކާން ގެނައި ދޮންކެޔޮއަރި ކާނެ މީހަކު ނުވެފައި އުކާލަނީތަ؟ މިލްކް ޝޭކާއި ކަޖުލާއި އެކި ކަހަލަ ކެއުންތަކުގެ ޓޮޕިންގސްއަށް އަޅައި އިތުރަށް ދޮންކެޔޮ އިސްރާފުނުކޮށް ބޭނުންކޮށްލާނެ ގޮތްތައް ހުސްވާހެން ހީވަނީތަ؟ ގަދަޔަށް ދޮންވެފައި ހުންނަ ދޮންކޭލުން ތައްޔާރުކޮށްލެވޭ ބަނާނާބްރެޑް ރެސިޕީގެ އަޖުމަބަލާލަބަލާށެވެ.

ބޭނުންވާ ތަކެތި:



3 ދޮންކެޔޮ – (ތޮށި ނޮޅައި ޗަސްކޮށްފައި)

3/1 ޖޯޑު ބަޓަރު (މެލްޓްކޮށްފައި)

½ ސައިސަމްސާ ބޭކިން ސޯޑާ

ކުޑަ ލޮނުކޮޅެއް (ސައިސަމްސަލެއްގެ 8/1 ރަނގަޅުވާނެ)

4/3 ޖޯޑު ހަކުރު

1 ބިސް (ގިރާފައި)

1 ސައިސަމްސާ ވެނީލާ އެސެންސް

1 ½ ޖޯޑު (205 ގްރާމް) ފުށް

ތައްޔާރުކުރާނެ ގޮތް:

175 ޑިގްރީއަށް އަވަން ޕްރީ ހީޓް ކުރުމަށް ޖައްސާފައި ފުންކޮށް ދިގުއަކައެއްހެން ހުންނަކަހަލަ ބޭކިން ތައްޓެއް (8” ޘ 4” ) ނަގައި ބަޓަރު ހާކާލާށެވެ.

ދެން ދޮންކެޔޮތައް ހުރި ތަށީގެ ތެރެއަށް ބަޓަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބާކީ ހުރި ތަކެތި އެޅުމަށްފަހު ފުށްގަނޑު ރަނަގަޅަށް އެއްކޮށްލާށެވެ. (އެއަށްފަހު ބޭނުންނަމަ ހިކި މޭބިސްކަދުރާއި ކަމަމަދު ފަދަ ބާވަތެއް އަޅައި އެއްކޮށްލާށެވެ) ދެން ތައްޔާރުކުރި ބޭކިން ތައްޓަށް އަޅައި ރީއްޗަށް އެއްވަރު ކޮށްލާށެވެ. އަދި 55 މިނެޓު ވަރު ވަންދެން ފުށްގަނޑު އަވަނުގައި ފިހާށެވެ. އެއްކޮށް ފިހެވުނުތޯ ޔަގީން ކުރުމަށް ޕާންނަށް ޓޫތު ޕިކްއެއް ކޮށްޕާލުމަށްފަހު ނަގާށެވެ. ރޯފިލައިފިނަމަ ޓޫތު ޕިކްގައި ޕާން ފުއްގަނޑު ތަތްނުލަވާނެއެވެ. ސާވްކުރުމަށް، އަވަން އިން ޕާން ނަގައި ފިނިވުމުން ރީއްޗަށް އެއްވަރަކަށް ފޮތިކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން