މަރިޔަމް ލަމްޙާ ރަޝީދު   14 އޭޕްރީލު 2023 - 15:9
ޗިކަން ވިންގްސް
ޗިކަން ވިންގްސް
ޗިކަން ވިންގްސްއަކީ ކުކުޅުގެ ފިޔައައާއި ގުޅިފައިވާ ބައިގެ މަސްކޮޅުން ތައްޔާރުކޮށްލެވޭ ތެލުލައިގެން ތައްޔާރުކޮށްލެވޭ ކުކުޅުގެ ބާވަތެކެވެ. މިއީ ކޭ އެފްސީ އާއި މެކްޑޮނާލްޑްސް ފަދަ ރެސްޓޯރެންޓްތަކުގައި ވިއްކާ، ގިނަ ބަޔަކަށް ވަރަށް ކަމުދާ ލުއި ކެއުމެއްވެސް މެއެވެ. އެހެން ކަމުން މިއަދު މިގެނެސްދެނީ ޗިކަން ވިންގްސް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރ

2 ސައިސަމްސާ އަސޭމިރުސް (މުގުރާފައި)

2 ސައިސަމްސާ މުގުރި މިރުސް

2 ސައިސަމްސާ ގާލިކް ޕައުޑަރ

1 ސައިސަމްސާ ހަކުރު

1.8 ގްރާމްއަށް ވާވަރަށް ކުކުޅުގެ ވަރަ މަސްގަނޑު (ވިންގްސް)

¼ ޖޯޑު އަންސާލްޓެޑް ބަޓަރ (މެލްޓްކޮށްފައި)

ތައްޔާރު ކުރާނެގޮތް:

އަވަން ޕްރީ ހީޓް ކުރުމަށް 245 ޑިގްރީއަށް ޖައްސާށެވެ. އަދި ޓްރޭއެއްގައި ބޭކިން ޝީޓްއެއް އެޅުމަށްފަހު ތެޔޮ ހާކައި ކުކުޅު ފިހުމަށް ތައްޔާރުކޮށްފައި ބަހައްޓާށެވެ. (ބޭނުންނަމަ ތެލުލައިގެންވެސް ޗިކަން ވިންގ ތައްޔާރުކުރެވިދާނެއެވެ.)

އެއަށްފަހު ޗިކަން ވިންގ ތައްޔާރުކުރުމަށް ނެގި ހުރިހާ ތަކެތި ބޮޑު ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޭކިން ޓްރޭގައި ކުކުޅުކޮޅު އަތުރާލާށެވެ. އަދި 20 މިނެޓަށް އަވަނުގައި ފިހާށެވެ. ކުކުޅުކޮޅު ރަނގަޅަށް ފިހެވުމުން ހުންނާނީ ރަން މުށި ކުލައެއްގައެވެ. ސާވްކުރާއިރު ޑިޕިން ސޯސްއަކާއިއެކު ސާވްކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން