ހެޔޮޢަމަލު ކުރުންމަތީ ދެމި ހުރެއްޖެނަމަ، އެމީހަކާއި މާތް ﷲ ބައްދަލު ކުރައްވާނެއެވެ.
ހެޔޮޢަމަލު ކުރުންމަތީ ދެމި ހުރެއްޖެނަމަ، އެމީހަކާއި މާތް ﷲ ބައްދަލު ކުރައްވާނެއެވެ.
ގަދަ ކީރިތިވަންތަ މާތް ﷲ އާއި ބައްދަލުވާން އެކަލާނގެ ހައްދަވާފައިވާ ކޮންމެ މުސްލިމަކު އަޅަކުވެސް އެދޭނެއެވެ. އެކަމަށް އެދޭ މީހުން ޢަމަލުކުރަންވީފަސޭހަ ގޮތްތަކެއް އެކަލާނގެވަނީ އެކަލާނގެ ޥަހީގެ ބަސްފުޅު، ކީތިރި ޤުރްއާނުގައި ވަރަށް ސާފު ޢިބާރާތުން އެކަލާނގެ އަޅުތަކުންނަށް ބަޔާން ކޮށްދެއްވާފައެވެ.

މިގޮތުން އަޅުގަނޑުމެން ކީރިތި ޤުރްޢާން އަށް ނަޒަރު ހިންގާލާއިރު، ކަހަފް ސޫރަތުގެ އެންމެ ފަހު އާޔަތް، 110 ވަނަ އާޔަތުގެ އެންމެ ފަހުބައިގައި އެކަލާނގެ ވަޙީ ކުރައްވާފައިވަނީ ﴿فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحًا وَلاَ يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ މާނައީ: "ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!" މިފަދައިންނެވެ.

ޗާލުކޮށް،ފުރިހަމަކޮށްލުމުގެ ނިޔަތުގައިވެސް ކަމެއްކޮށްފިނަމަ އޭނާގެ އަޅުކަމުގައި މީހަކު ބައިވެރި ކުރީކަމުގައި ވެދާނެވެ. އަޅުކަން ކުރަންވާނީ އެއްކައުވަންތަ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށް، ހަމައެކަނި އެއިލާހަށެވެ.

މިދެންނެވި ބީދައިން އަޅުކަންކޮށްފިނަމަ އަދި ހެޔޮޢަމަލު ކުރުންމަތީ ދެމި ހުރެއްޖެނަމަ، އެމީހަކާއި މާތް ﷲ ބައްދަލު ކުރައްވާނެއެވެ. އެއީ އެއިލާހުގެ ވަޢުދުފުޅެވެ. އެއިލާހަކީ ވަޢުދާ ޚިލާފުވާނެ ފަރާތެއްނޫނެވެ. އަލްބަޤަރާ ސޫރަތުގެ 80 ވަނަ އާޔަތުގެ އެކަލާގެ ވަޙީކުރައްވާފައިވަނީ

﴿...فَلَنْ يُخْلِفَ اللَّهُ عَهْدَهُ ...﴾ މާނައީ "اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ." މިފަދައިންނެވެ.

***********

މިލިޔުމަކީ ދިއިސްލާމް އޮންލައިންގައި މުހައްމަދު އަފްޒަލް ލިޔުއްވާފައިވާ ލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން