ގއ. ވިލިނގިލީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި)ގެ ދަށުން، އައު ހާބަރ ފުންކުރުމުގެ މަސައްކަތުގެ 45 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 59536 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު