ސިނަމާލެ ބްރިޖް.
ސިނަމާލެ ބްރިޖް.
ސިނަމާލެ ބްރިޖްގެ ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ފުލުހަކަށް އަނިޔާވެއްޖެއެެވެ.

ސިނަމާލެ ބްރިޖްގައި ހައިވޭގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 09:30 އެހާކަންހާއިރުއެވެ. މިހާދިސާގައި ފުލުހަކަށްއަނިޔާވެފައިވާއިރު އެ ފުލުސްމީހާއަށް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެެވެ.

އެނގިފައިވާގޮތުގަައި މި އެކްސިޑެންޓްވި އުޅަނދު ވަނީ އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލާފައެެވެ. މިހާދިސާގައި އަނިޔާވި ފުލުސް މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއްެ ވެސް އަދި ލިބޭގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން