ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ މެއި 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މެއި 6 ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވަނީ ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބާއި އދ. ދިއްދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު ކަމަށެވެ.

އެގޮތުން ރަކީދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިޚާބު ކުރަންޖެހޭއިރު، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 5 މެމްބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިއްދޫއަށް އެއް ކައުންސިލް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. މި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަންނަ އޭޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް 2023 މާރިޗު 22 ވަނަ ދުވަހު އީސީން ވަނީ ޢާއްމުކޮށްފައެވެ. އީސީން ބުނީ މި ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 2023 އެޕްރީލް 02 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން