މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވާ އެއްބާރުލެއްވުމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ޝުކުރު އަދާކުރައްވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވާ މަސައްކަތް ހަނަފީ ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވީ އިމިގްރޭޝަންގެ 73 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އިމިގްރޭޝަންގެ އަހަރީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އެކަން ފާހަގަކުރައްވާ މަރުހަބާ ދަންނަވާއެވެ. އެގޮތުން އިމިގްރޭޝަންގެ މުވައްޒަފުންނާއި މެނޭޖްމަންޓަށް ރައީސް ވަނީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.



ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓާއި ގުޅިގެން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކުރެއްވި ޓްވީޓެއްގައި ވަނީ އިމިގްރޭޝަންގެ މަސައްކަތްތަކަށް ރައީސް ދެއްވާ އެހީތެރިކަން ފާހަގަކުރާފައެވެ.



ހަނަފީ ވިދާޅުވީ އިމިގްރޭޝަންގެ ސްޓްރެޖިކް ވިޝަން ހާސިލްކުރުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހުރިއްޔާ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށެވެ. އަދި އެކަމަށްޓަކައި ހަނަފީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން