ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ ދަރަނި ބޮޑުކަމަށް ބުނެ ދައްކާ ވާހަކައަކީ ސިޔާސީ އޮޅުވާލުމެއް ކަމަށް އިގްތިޞާދީ މާހިރެއްކަމަށްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރާކަތްތެރިވެވަޑައިގެންނެވި ނަފާ ނަސީމް މިހެން ވިދާޅުވީ، ކުރީގެ ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ދަރަނި ބޮޑު ކަމަށާއި ރައީސް ސާލިޙުގެ ސަރުކާރުގައި މިހާތަަނަށް 49.8 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަަށް އިޝާރަތް ކުރަށްވަމުންނެެވެ.

އެކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ މި ސަރުކާރުގެ ދަރަނި ބޮޑު ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ސިޔާސީ އޮޅުވާލުމެއް ކަމަށެވެ. އަދި ހަމައެކަނި ސަރުކާރުގެ ދަރަނީގެ ވާހަކަ ބުނެގެން ރައްޔިތުންނަށް އަރާނީ އޮޅުން ކަމަށް ނަސީމް ވިދާޅުވިއެވެ.



"ވެރިކަން ކުރި މުއްދަތާއި ޙާލަތާއި ދަރަނި ނަގައިގެން ކުރި ކަންތައް އެނގުނީމަ ދެއްތޮ، ރަނގަޅު މާނަ ދޭހަވާނީ." ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ނަސީމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ދަރަނި ބޮޑުވެފައިވަނީ ކޮވިޑުގެ އާލަމީ ވަބާއާއި ގުޅިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އަމީރު ވިދާޅުވެފައިވަނީ މުޅި ދުނިޔެއަށްވެސް ކުރިމަތިވި އާލަމީ ވަބާ، ކޮވިޑް-19 ރާއްޖެއަށް ނައިނަމަ، ރާއްޖޭން މިހާރު ނަގާފައިވާ 17 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ނުޖެހުނީސް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން