ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަކީ އެކި ދާއިރާތަކުން ރަން ވަނަތައް ހޯދަމުން އަންނަ ވެރިކަމެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސް މަޤާމެއްގައި ހުންނެވި، ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ރައީސް ސާލިހުގެ "ފަޅިއަށް" އެރުމާއި ގުޅިގެން، އެކަން ފާހަގަކުރައްވަމުންނެވެ.



ރޮޒައިނާ ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން ތަރައްޤީކުރުމަށް އެންމެ ބޮޑު އަދި އެންމެ އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވީ ރައީސް ސާލިހުކަމަށެެވެ. އަދި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ރައީސް ސާލިހުގެ މަސައްކަތް ބަލައިގަނެ، ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމެވީތީ ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރަށް ޝުކުރު އަދާކުރަށްވާފައެެވެ.



ރޮޒައިނާ އިތުރަށް ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމަކީ ކޮންމެ ދާއިރާއަކުން ބެލިޔަސް ދިވެހިރާއްޖެ ރަން ވަނަތައް ހޯދަމުން އަންނަ ވެރިކަމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން