އޭސީސީއަށް ފާރަވެރިވާނެ ބަޔަކު އުފައްދަންޖެހޭ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް މިދިޔަ އަހަރު ހުށަހެޅި 434 މައްސަލައިގެ ތެރެއިން ކޮރަޕްޝަން ހިމެނެނީ 5 މައްސަލައިގައިކަމަށް އެ ކޮމިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އޭސީސީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަން ހިމެނެނީ 5 މައްސަލައިގައިކަމަށް އެ ކޮމިޝަނުން ނިންމުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވީ އޭސީއަކީ ދައުލަތުގެ އެކި މުއައްސަސާތަކަށް ފާރުވެރިވާން އުފައްދާފައިވާ މިނިވަން މުއައްސަސާއެއްކަމަށެވެ. ނަމަވެސް އޭސީސީއަށް ފާރަވެރިވާނެ ބަޔަކު އުފައްދަންޖެހޭ ހިސާބަށް މިހާރު ކަންކަން ގޮސްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އޭސީސީގެ މަސައްކަތް ދިރާސާކޮށް މަޖިލިހުން ބަލަންޖެހޭކަމަށާއި ނަމަވެސް މަޖިލީހުން އެކަން ނުކުރާކަމަށެވެ.
އޭސީސީން ބުނީ މިދިޔަ އަހަރު އެކޮމިޝަނުން 434 މައްސަލައެއް ބަލާ ނިންމާފައިވާކަމަށެވެ. އެއީ އިވެލުއޭޝަންގެ މަރުހަލާއިން ނިންމި 296 މައްސަލައަކާއި ތަހުގީގު މަރުހަލާއިން ނިންމި 138 މައްސަލައެކެވެ.
އޭސީސީން ބުނީ މި 434 މައްސަލައިގެ ތެރެއިން ކޮރަޕްޝަންގެ އަމަލު އެކުލެވިގެންވާކަމަށް ނިންމާފައިވަނީ އެންމެ 5 މައްސަލައިގައިކަމަށެވެ. އަދި 429 މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންނުވާކަމަށް ނިންމާފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ މިދިޔަ އަހަރު އެކޮމިޝަނުން ތަހުގީގުކޮށް ނިންމި މައްސަލަތަކުގެ ތެރެއިން 5 މައްސަލައެއް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިމައްސަލަތަކުގައި 22 ދައުވާއެއް ހިމެނޭއިރު ދައުވާތައް ރައްދުވަނީ 14 ފަރާތަކަށްކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ.

އޭސީއަކީ ދައުލަތުގެ އެކި މުއައްސަސާތަކަށް ފާރުވެރިވާން އުފައްދާފައިވާ މިނިވަން މުއައްސަސާއެއް، މިހާރު ދެން މިޖެހުނީ އޭސީސީއަށް ފާރުވެރިވާނެ ބަޔަކު އުފައްދަން، އޭސީސީގެ މަސައްކަތް ދިރާސާކޮށް މަޖިލިހުން ބަލަންޖެހޭ،އެކަމަކު އެމީހުންނަކަށް އެކަމެއްނުވޭ https://t.co/KEIKdLHksH
— Ahmed Shareef (@shar_f) March 24, 2023
އޭސީސީން ބުނީ މިދިޔަ އަހަރު އެކޮމިޝަނުން 434 މައްސަލައެއް ބަލާ ނިންމާފައިވާކަމަށެވެ. އެއީ އިވެލުއޭޝަންގެ މަރުހަލާއިން ނިންމި 296 މައްސަލައަކާއި ތަހުގީގު މަރުހަލާއިން ނިންމި 138 މައްސަލައެކެވެ.
އޭސީސީން ބުނީ މި 434 މައްސަލައިގެ ތެރެއިން ކޮރަޕްޝަންގެ އަމަލު އެކުލެވިގެންވާކަމަށް ނިންމާފައިވަނީ އެންމެ 5 މައްސަލައިގައިކަމަށެވެ. އަދި 429 މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންނުވާކަމަށް ނިންމާފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ މިދިޔަ އަހަރު އެކޮމިޝަނުން ތަހުގީގުކޮށް ނިންމި މައްސަލަތަކުގެ ތެރެއިން 5 މައްސަލައެއް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިމައްސަލަތަކުގައި 22 ދައުވާއެއް ހިމެނޭއިރު ދައުވާތައް ރައްދުވަނީ 14 ފަރާތަކަށްކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު