ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން ރަނގަޅުކަންތައްތައް ކުރުންމަތީ ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގެ ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވި ފުރަތަމަ ފޯރަމް ފައްޓަވައިދެއްވައި ތަޤްރީރުކުރައްވަމުންނެވެ. ”ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫއަށް މިރޭ ތަޤްރީރުކުރައްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ.
އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެފަދަ މައުޟޫއަކަށް ވާހަކަދައްކާއިރު ވަރަށް ގިނަ ކަންތައްތަކެއް ހަނދާނުގައި ބަހައްޓަން ޖެހޭކަމަށެވެ. ކީރިތި ރަސޫލާ ﷺގެ ޙަޔާތްޕުޅަށް ބަލާލުމުން، ރަމަޟާންމަހަށް ކީރިތި ރަސޫލާ ﷺ ޚާއްސަ ސަމާލުކަމެއް ދެއްވާ މަންޒަރު ފެންނާނެކަމަށާއި ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި އެކަލޭގެފާނު ތައްޔާރުވެވަޑައިގެންނެވި މަންޒަރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބައްލަވާލެއްވުމުން ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެކަލޭގެފާނު އަމިއްލަފުޅަށް ތައްޔާރުވެވަޑައިގަންނަވާފަދައިން އެކަލޭގެފާނުގެ އާއިލާ ރަމަޟާންމަހުގެ އަޅުކަމާއިގެން އުޅުއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، އިރުޝާދުތަކެއް އެކަލޭގެފާނު ދެއްވިކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
އަދި ކީރިތި ރަސޫލާ ﷺގެ މުޅި ސީރަތަށް ބަލާލައިފިނަމަ އެކަލޭގެފާނު މުޅި ރަމަޟާންމަސް ހޭދަކުރެއްވިގޮތް އެހެނިހެން މަސްމަހާ ވަރަށް ތަފާތުކަން ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ރަމަޟާންމަހުގެ ކުރީމަސްކަމުގައިވާ ޝަޢުބާންމަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރަމަޟާންމަސް ޚާއްސަވާ ސަބަބަށް ވަރަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށްކަމަށާއި ކީރިތި ރަސޫލާ ﷺގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށެވެ. އަދި ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތްﷲ އަންގަވާފައިވާ ކަންކަން ކުރުމުގައި ދެމިހުންނަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީހާ ކުރާ ޢަމަލުތަކަކީ މާތްﷲ އަންގަވާފައިވާ ކަންތައްތަކާއި އެއްގޮތަށް ކުރެވޭ ޢަމަލުތަކެއްކަމަށް ވާންޖެހޭކަމަށްވިދާޅުވެ ރޯދަ ހިފިކަމުގައިވިޔަސް މާތްﷲގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އުންމީދާއިއެކު އެކަމެއް ކުރުމަށް މިނިސްޓަރު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްﷲގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް ވިދާޅުވެ އެގޮތަށް ދުޢާކުރުމަށްވެސް ޑރ. ޒާހިރު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާންމަހު ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ޖުމްލަ 13 ފޯރަމެއް މާލޭގައި މިއަހަރު ކުރިއަށްދާނެ ކަމަށެވެ. އެއީ އާންމުކޮށް ބާއްވާ، ޢިލްމުވެރިން ބައިވެވަޑައިގަންނަވާ 9 ފޯރަމާއި ސްކޫލުތަކުން ބާއްވާ އިހްޔާ ފޯރަމްގެ 4 ޕްރޮގްރާމެވެ.
އަތޮޅުތަކުގައި މިއަހަރު 8 ފޯރަމް ބާއްވާއިރު އަތޮޅުތަކުގެ ފޯރަމްތައް ހުކުރުދުވަހުގެ ރެއިން ފެށިގެން ފަށަން ވަނީ ނިންމާފައެވެ. އެގޮތުން އެންމެ ފުރަތަމަ އޮތީ އައްޑޫ ސިޓީގައި ބާއްވާ އިޙްޔާ ފޯރަމެވެ.
މި ފޯރަމްގައި ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް ތަޤުރީރުކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލް، އަދި ޑރ. ޢަލީ ޒާހިރެވެ. އައްޑޫ ހައި ސްކޫލު ހޯލްގައި އޮންނަ މި ފޯރަމް ފަށާނީ 21:30ގައެވެ.

1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން.
— Ministry of Islamic Affairs (@MVIaffairs) March 23, 2023
މައުޟޫޢު: " ހެޔޮ ބަދަލަކަށް ރަމަޟާން".
ފޯރަމްގައި ތަޤްރީރުކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި އައްޝައިޚް ޙަސަން ލަޠީފް މޫސާ.#އިޙްޔާ#roadha44#MVIaffairs pic.twitter.com/VhwuSjNU5y
އެގޮތުން އެކަލޭގެފާނު އަމިއްލަފުޅަށް ތައްޔާރުވެވަޑައިގަންނަވާފަދައިން އެކަލޭގެފާނުގެ އާއިލާ ރަމަޟާންމަހުގެ އަޅުކަމާއިގެން އުޅުއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، އިރުޝާދުތަކެއް އެކަލޭގެފާނު ދެއްވިކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
އަދި ކީރިތި ރަސޫލާ ﷺގެ މުޅި ސީރަތަށް ބަލާލައިފިނަމަ އެކަލޭގެފާނު މުޅި ރަމަޟާންމަސް ހޭދަކުރެއްވިގޮތް އެހެނިހެން މަސްމަހާ ވަރަށް ތަފާތުކަން ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ރަމަޟާންމަހުގެ ކުރީމަސްކަމުގައިވާ ޝަޢުބާންމަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރަމަޟާންމަސް ޚާއްސަވާ ސަބަބަށް ވަރަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށްކަމަށާއި ކީރިތި ރަސޫލާ ﷺގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށެވެ. އަދި ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތްﷲ އަންގަވާފައިވާ ކަންކަން ކުރުމުގައި ދެމިހުންނަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީހާ ކުރާ ޢަމަލުތަކަކީ މާތްﷲ އަންގަވާފައިވާ ކަންތައްތަކާއި އެއްގޮތަށް ކުރެވޭ ޢަމަލުތަކެއްކަމަށް ވާންޖެހޭކަމަށްވިދާޅުވެ ރޯދަ ހިފިކަމުގައިވިޔަސް މާތްﷲގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އުންމީދާއިއެކު އެކަމެއް ކުރުމަށް މިނިސްޓަރު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްﷲގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް ވިދާޅުވެ އެގޮތަށް ދުޢާކުރުމަށްވެސް ޑރ. ޒާހިރު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާންމަހު ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ޖުމްލަ 13 ފޯރަމެއް މާލޭގައި މިއަހަރު ކުރިއަށްދާނެ ކަމަށެވެ. އެއީ އާންމުކޮށް ބާއްވާ، ޢިލްމުވެރިން ބައިވެވަޑައިގަންނަވާ 9 ފޯރަމާއި ސްކޫލުތަކުން ބާއްވާ އިހްޔާ ފޯރަމްގެ 4 ޕްރޮގްރާމެވެ.
އަތޮޅުތަކުގައި މިއަހަރު 8 ފޯރަމް ބާއްވާއިރު އަތޮޅުތަކުގެ ފޯރަމްތައް ހުކުރުދުވަހުގެ ރެއިން ފެށިގެން ފަށަން ވަނީ ނިންމާފައެވެ. އެގޮތުން އެންމެ ފުރަތަމަ އޮތީ އައްޑޫ ސިޓީގައި ބާއްވާ އިޙްޔާ ފޯރަމެވެ.
މި ފޯރަމްގައި ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް ތަޤުރީރުކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލް، އަދި ޑރ. ޢަލީ ޒާހިރެވެ. އައްޑޫ ހައި ސްކޫލު ހޯލްގައި އޮންނަ މި ފޯރަމް ފަށާނީ 21:30ގައެވެ.
ކިޔުންތެރިންގެ ހިޔާލު