މަޖީދީމަގުގައި ރޭގަނޑު ބަސް ދަތުރުތައް ފަށާނީ ތަރާވީސް ނަމާދަށްފަހުގައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައި މިވަނީ ރޯދަމަހުގެ ބަސް ދަތުރުގެ ތާވަލާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލުކުރަމުންދާތީއެވެ.

އެގޮތުން މަޖީދީ މަގުން ދަތުރުކުރާ ބަހުގެ ރޭގަނޑުގެ ދަތުރުތައް 9:30 ގައި ފަށާތީ އެކަމާއި ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.



އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ތަރާވީސް ނަމާދު ނިމުމުގެ ކުރިން ބަސް ދަތުރުކުރުމުގެ ހުއްދަ ނެތްކަމަށެވެ.

އާޒިމް ވިދާޅުވީ މަޖީދީ މަގުގައި 3 މިސްކިތް ހުރުމުން ތަރާވީސް ނަމާދު ގަޑީގައި މަގު ބަންދުވެ، މަޖީދީ މަގުގައި ބަސް ދަތުރުކުރުމަށް ހުއްދަ ލިބިފައި ނުވާކަމަށެވެ. އެހެންވީމާ މަޖީދީމަގުގައި ރޭގަނޑު ބަސް ދަތުރުތައް ފަށާނީ ތަރާވީސް ނަމާދަށްފަހުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު