ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އެމްޕީއެލްގެ ފްލެޓްތައް އަންނަމަހު ހަވާލުކުރަން މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދަނީ 15 ބުރީގެ 3 ޓަވަރެެވެ.
ފްެލެޓްތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.
އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަމުން އެމްޕީއެލުން ބުނީ ފްލެޓްތަކުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ކޮންޓްރެކްޓަރު ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީކަމަށެވެ. ނަމަވެސް ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލުން މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމާއެކު އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.
ސަރުކާރުގެ 4 ކުންފުންޏަކުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައެވެ. އެއީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލްއެވެ. މީގެތެރެއިން އެމްޕީއެލް ފިޔަވައި އެހެން ކުންފުނިތަކުން ވަނީ ފްލެޓްތައް މުވައްޒަަފުންނާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު