އެމްޑީޕީއަށް ގެއްލުންދޭން މަސައްކަތް ކުރާތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ފިޔަވަޅު އަޅަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކަމަށް ބުނެ އެޕާޓީ ތަމްސީލްކޮށް ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރަށްވައި ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރަށްވާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ކަމާއި ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރެއްވި މޫސަ ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ޕާޓީގެ އެއްބައިވަންތަ ކަމާއި ޑިމޮކްރަޓިކް ހަމަތަކުން ބޭރުވެ، ޕާޓީއަށް ގެއްލުންދޭން މަސައްކަތް ކުރާތީ ހަސަން ލަތީފަށް ފިޔަވަޅު އަޅަން އެމްޑީޕީއަށް ގޮވާލައްވާފައެވެ.
އެމްޑީޕީގެ ފަރާތުން ކަމަށް ބުނެ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރަށްވާފައިވާއިރު އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެހައި މަޝްވަރާތައް، އެމްޑީޕީގެ ފަރާތުން ކުރުމުގެ ހުރިހާ ބާރެއް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދީފައެވެެ.
އެބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް އެޕާޓީއާއެކު ބައްދަލުވުންތައް ބާއްވާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

MDP ge assasy gavaaiduga bunaa party ge ehbaivanthakamaa democratic hurihaa hamathakun beyruve, party ah gellun dhinumuge maqsadhgaa masaithkaith kuraa kureege Chair @HassanLatheef ah fiyavalhuelhumah @MDPSecretariat ah govaalan
— Moosa Maniku (Reeko) (@ReekoMoosa) March 23, 2023
އެމްޑީޕީގެ ފަރާތުން ކަމަށް ބުނެ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރަށްވާފައިވާއިރު އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެހައި މަޝްވަރާތައް، އެމްޑީޕީގެ ފަރާތުން ކުރުމުގެ ހުރިހާ ބާރެއް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދީފައެވެެ.
އެބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް އެޕާޓީއާއެކު ބައްދަލުވުންތައް ބާއްވާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު