ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ނޫން ވެރިއަކަށް ރާއްޖޭގެ އިގްތިސާދު ނުހިފެހެއްޓޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވީ ރައީސް ސާލިޙު ނޫން ވެރިއަކަށް ރާއްޖޭގެ އިގްތިސާދު ނުހިފެހެއްޓޭނެ ކަމަށާއި ކޮވިޑުގެ ދަތި ހާލަތުގައި ރައީސް ސާލިޙު ރާއްޖޭގެ އިގްތިސާދު މެނޭޖްކުރެއްވިގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިކޮންމިސްޓުން ތިއްބެވީ ހައިރާންވެފައި ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު މެނޭޖްކުރިގޮތާއި ގުޅޭ ގޮތުން އެގައުމުތަކުން ރާއްޖެއާއި ސުވާލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ކ.ގުޅީގައި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދެވެނީ ރައީސް ސާލިޙު ވެރިކަމުގަައި ހުންނެވުމުން ކަމަށެވެ. އަދި ރައީސް ސާލިޙު ވެރިކަމުގައި ނެތްނަމަ ގުޅިއަށް ޓޫރިސްޓަކު ވެސް މިއަދު ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްގީ މިހާރު ކުރިއަށްދާ ބާރު ސްޕީޑްގައި އެހެން ވެރިއަކަށް ނުގެނެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ މި ސަރުކާރު "ސްލޯ" ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ.
ޝާހިދު ވަނީ އެމްޑީޕީގެ 2008 ވަނަ އަހަރު އުފެދުނު ތިން އަހަރުގެ ވެރިކަމުގައި "ފާސްޓުވީ" ކޮން ރަށަކަށް، ކޮން ކަމެއް ވެގެންތޯ ސުވާލުކުރަށްވާފައެވެ. ރައީސް ސާލިޙުގެ މިވެރިކަމަށް ވުރެ "ފާސްޓް" ވެރިކަމެއް އޭނާގެ ހަޔާތުގައި ނުދެކޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެވަރުގެ ވެރިއަކު މި ރާއްޖެއަކަށް އަޅުގަނޑުމެންގެ ހަޔާތުގައި ނާދޭ، ދެން ވެސް އަޅުގަނޑުމެންނަށް ބޭނުންވަނީ އެމަނިކުފާނު (ރައީސް ސާލިޙު)،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ ރައީސް ސާލިޙުގެ ވެރިކަމަށް މަޖިލީހުގެ ތެރެއިން "ގޮތެއް" ނުހެދޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދަައުރު ނިއްމާލާނީ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި އެކު ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރާއި "ކުޅެލުމަށް" ޖާގަ ނުދެއްވާނެ ކަމަށެވެ.
"މިހާރުވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ތާއިދު ކުރާނެ 55 މެމްބަރުން މަޖިލީހުގައި ތިއްބަވާނެ، އަޅުގަނޑުމެން ބޭނުމިއްޔާ ސުޕަ މެޖޯރިޓީ މިހާރު ވެސް މަޖިލިސް ތެރެއިން ނެގޭނެ. ބަޔަކު މި ސަރުކާރު ހޮޅި އަޅުވާލާނަމޭ ހިތާ އުޅުނެއް ކަަމަކު. އިރާދަކުރެއްވިޔާ އެކަމެއް ލާހިކެއް ނޫން ކުރާކަށް. އަޅުގަނޑުމެން މި ތިބީ އިންޗި އެއް ކީއްކުރަންތޯ، ސެންޓިމީޓަރެއް ވެސް ސޫތެއް ވެސް ދޭކަން ނޫން." ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު