ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ވަތްކެއް ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރަން ދެކޮޅު ހައްދަވާ "ފިކުރެއްގެ ދިރުން"ގެ ބޭފުޅުން މަޤާމުތަކުން އިސްތިއުފާދޭން ނުވަތަ ވަކިކުރުމަށް ގިނަ ބަަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސްގެ ސިޔާސަތު ހިންގަވަން އައްޔަންކޮށްފައި ތިބޭ ބަޔަކު ރައީސާއި ދެކޮޅަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އަދި އެއީ ކުރެވޭނެކަމެއްވެސް ނޫންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސް ނަޝީދު ގެންގުޅުއްވާ ނުރަސްމީ ޓްވީޓަރ އެކައުންޓް "އެމްއެން އަންއޮފިޝަލް" ޓްވިޓަރ ހޭންޑްލްއިން ކުރި ޓްވީޓްގައި ވިދާޅުވީ ސަރުކާރު މަޤާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަޤާމެއް ނޫންކަމަށެވެ.
ނަޝީދު ވިދާޅުވީ މަޤާމުތަކުގައި ތިއްބެވީ އެމްޑީޕީން ހުށަހަޅާފައިވާ ބޭފުޅުންކަމަށާއި އެ ބޭފުޅުން އިސްތިއުފާ ދެއްވަން ނުޖެހޭކަމަށެވެ. އަދި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ވަތްކެއް ނުކުރެވޭނޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އެބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާންކުރާނެ ބައެއް ނޫން." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކުރަށްވައި ރައީސް ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތްފަހުން އެމަނިކުފާނަށް ތާއީދުކުރާ ފަޜާތްތަކުން ވަނީ ރައީސް ސާލިހަށް ތާއީދުނުކުރާނެކަން ހާމަކޮށްފައެވެ. ނަމަވެސް އެއީ ޑިމޮކްރަސީ ދަންނަ ސިފައެއް ނޫންކަމަށް އެމްޑީޕީއާއި އެހެނިހެން ސިޔާސީ ފަޜާތްތަކުންވެސް ދަނީ ބުނަމުންނެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ވަތްކެއް ނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް، ޤާނޫނުއަސާސީއާ ޤާނޫނުތަކުން އެ ބާރު ދީފައިވަނީ ހަަމައެކަނި ރައީސުލްޖުމްހުރިއްޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު