ރިޔާސީ އިންތިޚާބުގެ މަޝްވަރާއަށް އެމްޑީޕީން މަންދޫބުން ކަނޑައަޅާނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކަމަށް ބުނެ އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދުގެ މަންދޫބުންތަކެއް ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމާއި ގުޅިގެންނެެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައި ރޭ ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބަައިވެރިވެވަޑައިގަތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ.
އެކަމާ ގުޅިގެން ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ޢަލީ ނިޔާޒު ވިދާޅުވީ އެޕާޓީގެ ގައުމީ މަޖިލީހުން ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެހައި މަޝްވަރާތައް، އެމްޑީޕީގެ ފަރާތުން ކުރުމުގެ ހުރިހާ ބާރެއް ދީފައި ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ކަމަށެވެ.
"މިކަމަށް ޕާޓީގެ ފަރާތުން މަންދޫބުން ކަނޑަަައަޅާނީ ވެސް ރިޔާސީ ކެންޑިޑޭޓް، އެކަން ހުރިހާ ޕާޓީތަކަށް ވެސް އެނގޭނެ،" ރަަައީސް ސާލިޙުގެ ކޮއްކޯފުޅު ނިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުން ފަރާތުން މަންދޫބުންތަކެއް ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
ރޭގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ ބައްދަލުވުންތަކެއް ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ހަސަން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ އެންމެހާ މަޝްވަރާތައް އެމް.ޑީ.ޕީ ގެ ފަރާތުން ކުރުމުގެ އެންމެހާ ބާރެއް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްއަށް ޤައުމީ މަޖްލިސްގެ އިން ވަނީ ދީފަ. މިކަމަށް ޕާޓީގެ ފަރާތުން މަންދޫބުން ކަނޑައަޅާނީވެސް ރިޔާސީ ކެނޑިޑޭޓް. އެކަން ހުރިހާ ޕާޓީތަކަށްވެސް އެނގޭނެ. https://t.co/Y7dbLPTck4
— Ali Niyaz 🎈 (@ali_niya) March 23, 2023
"މިކަމަށް ޕާޓީގެ ފަރާތުން މަންދޫބުން ކަނޑަަައަޅާނީ ވެސް ރިޔާސީ ކެންޑިޑޭޓް، އެކަން ހުރިހާ ޕާޓީތަކަށް ވެސް އެނގޭނެ،" ރަަައީސް ސާލިޙުގެ ކޮއްކޯފުޅު ނިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުން ފަރާތުން މަންދޫބުންތަކެއް ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
ރޭގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ ބައްދަލުވުންތަކެއް ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ހަސަން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު