ނަމާދަށް މިސްކިތަށް އަރާވަގުތު ވެހިކަލްތަކުގައި ސްޓިކާ ޖަހާތީ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާލޭގެ މޭޔަރު ޑރ. މުއިއްޒު މިއަދު ވިދާޅުވީ ޖަމާއަތް ގަޑީގައި، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް ރޯދަ މަހު އެގޮތަށް އެކަން ނުކުރެއްވުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މާލެތެރޭގެ ޓްރެފިކް ފްލޯ ހަމައަކަށް އެޅުވުމަށްކަމަށް ބުނެ ފުލުހުން ސްޓިކާ ޖެހުން އިތުރުކުރުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ރޯދަ މަހަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖަމާޢަތް ގަޑީގައި، ޚާއްސަކޮށް ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއްނޫން. މިގޮތަށް މިކަން ނުކުރެއްވުމަށް އިލްތިމާސް ކުރަން!
— Dr Mohamed Muizzu (@MMuizzu) March 23, 2023
މާލެތެރޭގެ ޓްރެފިކް ފްލޯ ހަމައަކަށް އެޅުވުމަށްކަމަށް ބުނެ ފުލުހުން ސްޓިކާ ޖެހުން އިތުރުކުރުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ރޯދަ މަހަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު