އިންޑިޔާގެ އިދިކޮޅު ލީޑަރު އަދި ކޮންގުރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ގުޖުރާތުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.

އިންޑިޔާގެ އިދިކޮޅު ލީޑަރު އަދި ކޮންގުރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ގުޖުރާތުގެ ކޯޓަކުން ހުކުމްކުރީ 2019 ވަނަ އަހަރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަންފުޅަށް ނިސްބަތްކޮށް ފުރައްސާރަކުރަށްވައި ވާހަކަ ދެއްކެވިކަން ސާބިތުވުމުންނެވެ.

ރާހުލް ގާންދީގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވި ނަމަވެސް އެ ހުކުމް އިސްތިއުނާފްކުރަން ކަފާލާތުގެ ދަށުން އޭނާ ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުން ދޫކޮށްލާފައެވެ.

އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގައި ބޭއްވި އިންތިޚާބީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރާހުލް ވަނީ ފިލައިގެން އުޅޭ ވިޔަފާރިވެރިޔާ ނިރާވް މޯދީއާއި އިންޑިޔާގެ ޕްރިމިއާ ލީގުގެ ކުރީގެ ވެރިޔާ ލަލިތު މޯދީއަށް ނިސްބަތްކޮށް ހުރިހާ ވަގުންނަށް "މޯދީ" ކިޔަނީ ކީއްވެތޯ ސުވާލުކުރަށްވާފައެވެ. ރާހުލްގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމް އައީ އެގޮތަށް ވާހަކަ ދެއްކެވި ކަން ކޯޓަށް ސާބިތުވުމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު