އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންތަކެއް ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެބައްދަލުވުން ކުރިއަށް ގެންދިޔައީ މިރޭ 9:00 ގައި ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބަައިވެރިވެވަޑައިގަތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ އެޕާޓީގެ ނާއިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދެވެ.
މި ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ ބައްދަލުވުންތަކެއް ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ. ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ ޖުމުހޫރީ ޕާޓީން މިހާރު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ވެސް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު