ބާޒާރުގައި ކާށީގެ އަގު ބޮޑުވުމުން އެސްޓީއޯއިން ކަށި ޝިޕްމަންޓެއް ގެންނަން ނިންމައިފިއެވެ.

ބާޒާރުގައި ކާށީގެ އަގު އުފުލިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާއިރު ރޯދަމަހާއި ދިމާކޮށް ކަށީގެ އަގު ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އުފުލިފައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އަގު ކާށީގެ އަގު ތިރިކޮށް އެއް އަގެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަ ހޯމަ ދުވަހު ކާށި ޝިޕްމަންޓެއް ރާއްޖެ ގެންނާނެ ކަމަށެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯއިން ކާށީގެ ޝިޕްމަންޓެއް ގެންނަނީ އިންޑިއާއިންނެވެ.

ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް ބޮޑުވަމުންދާއިރު. މީގެ ކުރިން 300 ރ. އަށް ލިބެން ހުރި ކާށި ބަސްތާއެއް މިހާރު އުޅެނީ 1،500 ރ. އާއި 2،000 ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު