އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު އެބަހުރި ކަމަށާއި ބަލި ޤަބޫލުކޮށް،ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް އުޅެން ދަސްކުރައްވެއްޖެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރުގެ ރޮޒައިނާ އާދަމް އެޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ގޮވާލައްވައިފިއެވެ.

ރޮޒައިނާ މިކަމަށް ގޮވާލެއްވީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، ޖުމްހޫރީ ޕާޓީ އާ މިރޭ ބައްދަލުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެެވެ. ހަސަން ލަތީފު މިރޭ ވިދާޅުވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ފަރާތުން އޭނާ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގާސިމްއާ ބައްދަލުކުރައްވާނެ ކަމަށެވެ. އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވަނީ އެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން އެމްޑީޕީގެ އަސާސީ ޤަވާއިދު ވިދާޅުވުމަށް ޕާޓީގެ ރައީސަށް އެއްޗެއް ވިސްނަވައިދެއްވުމަށް ހަސަން ލަތީފްގެ ކިބައިން އެދިވަޑައިގެންފައެވެ. ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ނިމިއްޖެ ކަމަށެވެ.



މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރަށްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރަށްވާފައެވެ. ރިޔާސީ ޕްރައިމަރީ ރައީސް ސާލިޙު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމްޑީޕީން މިހާރު ވަނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ވެސް އަރުވާފައެވެ. އެހެން ނަމަވެސް ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރަށްވައި ރަައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގައި ފިކުރެއްގެ ދިރުން ނަމުގައި ވަކި ފެކްޝަނެއް ހިންގަވަމުންނެެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެ ނިއްމެވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ނަޝީދަށް ނުހެއްދެވޭނެ ކަމަށެވެ. އެމްޑީޕީން އިންތިހާބު ކޮށްފައިވާ ކެންޑިޑޭޓާ އިދިކޮޅަށް ވަޑައިގަތުމަށް ނުނިންމެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ. އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު އިންތިޚާބުކޮށްފައިވާއިރު މުޅި ޕާޓީ އޮންނަންޖެހޭނީ އެ ނިއްމުމާއި އެއްކޮށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު