އެމްޑީޕީގެ ރައީސް، ރައިސް މުހައްމަދު ނަޝީދުގެ މަންދޫބުންތަކެއް ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް މިރޭ ބާއްވަން ހަމަޖައްސައިފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އޭނާއާއެކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުކަމަށެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ޖަހާއިރު ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައެވެ.
އެމްޑީޕީގެ ރައީސް ނަޝީދު، ޖުމްހޫރީ ޕާޓީއާއެކު ސިޔާސީ މަޝްވަރާއަށް ވަޑައިގަންނަވަނީ އެމްޑީޕީގެ ލީޑަރޝިޕުން ނިންމައިގެންކަމަށް ލަފައެއް ނުކުރެވެއެވެ. ޖުމްހޫރީ ޕާޓީއާއެކު ރައީސް ނަޝީދު މަޝްވަރާކުރަން ނިންމާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވި ދައުވަތު ޖުމްހޫރީ ޕާޓީން އަދި ގަބޫކުކޮށްފައެއް ނުވެއެވެ.

MDP ge faraathun, Partyge Raees, R. @MohamedNasheed ge edhivadaigathumuge matheen Alhugandaa @HusenAmr aa dhemeehun mirey Jumhooree Party aa eku mashvaraa kurumah eba badhdhaluvan.
— Hassan Latheef🎈 (@HassanLatheef) March 22, 2023
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ޖަހާއިރު ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައެވެ.
އެމްޑީޕީގެ ރައީސް ނަޝީދު، ޖުމްހޫރީ ޕާޓީއާއެކު ސިޔާސީ މަޝްވަރާއަށް ވަޑައިގަންނަވަނީ އެމްޑީޕީގެ ލީޑަރޝިޕުން ނިންމައިގެންކަމަށް ލަފައެއް ނުކުރެވެއެވެ. ޖުމްހޫރީ ޕާޓީއާއެކު ރައީސް ނަޝީދު މަޝްވަރާކުރަން ނިންމާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވި ދައުވަތު ޖުމްހޫރީ ޕާޓީން އަދި ގަބޫކުކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު