ދެން އުފެދޭ ކޯލިޝަން ސަރުކާރެއްގެ ހުރިހާ މަރުހަލާއެއްގައި ކޯލިޝަން ޕާޓީތަކުގެ މެމްބަރުން ތިބެންޖެހޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއެކު މުލީއާގޭގައި އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ހުރިހާ މަރުހަލާއެއްގައި ކޯލިޝަން ޕާޓީތަކުގެ މެމްބަރުން ތިބެންޖެހޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކެބިނެޓާ ކުންފުނިތަކާއި އެހެން ލެވެލްތަކުގައި ކޯލިޝަން ޕާޓީތަކުގެ މެމްބަރުން ތިބެންޖެހޭނެ ކަމަށާއި އާ ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވަނީ އެގޮތަށް އެއްބަސްވެެގެން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހާމަކުރާނަން ކޯލިޝަން ޕާޓީތަކާއެކު ވެވޭ އެއްބަސްވުމުގައި ރައްޔިތުންނަށް ކުރީގައި ހާމަކުރަންޖެހޭ ބައި. އެހެންވީމަ އެގޮތަށް އަޅުގަނޑުމެން ދާނީ، ހުރިހާ ލެވެލެއްގައި، އެއީ ކެބިނެޓްވިއަސް އަދި ކުންފުނިތައް ވިޔަސް، ސަރުކާރެއް ހިންގުމުގައި ކުރިއަށްދާއިރު އަޅުގަނޑުމެންގެ ހުރިހާ ޕާޓީއެއްގެ ބައިވެރިވުމާއެކު އަޅުގަނޑުމެން ކުރިއަށްދާނީ." ކާމިޔާބު ކަމާއެކު ކޯލިޝަން ސަރުކާރެއް ދަމަހައްޓަވާފައިވާ ރައީސް ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު