މާލެ ސަރަހައްދުގެ 26 މިސްކިތެއްގައި މިރަމަޟާން މަހު ތަރާވީހް ނަމާދު ހިފްޒުކޮށް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ މިރަމަޟާން މަހު ތަރާވީހް ނަމާދު ހިފްޒުކޮށް ކުރުމަށް ހަމަޖެހިފައިވާ 26 މިސްކިތުގެ ތެރެއިން 16 މިސްކިތަކީ މާލޭގައިހުރި މިސްކިތްތައް ކަމަށެވެ.

އޭގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީހް ނަމާދު ކުރާނެ ކަމަށާއި، އަދި ހުޅުމާލޭގެ 10 މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން 2 މިސްކިތަކީ ފޭސް 2 ގައި ޤާއިމްކޮށްފައިވާ މިސްކިތްތަކެވެ.

މިއަހަރުގެ މުލަރޯދަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު