އެމްޑީޕީން ބާކީނުވުމަށް ރައީސް، މުޙައްމަދު ނަޝީދު ފެކްޝަނަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރައީސް ސާލިޙު ވަޑަައިގަންނަވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ދިމާލަށް ކަމަށެވެ.
ރަައީސް ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީގެ ވަކި ފެކްޝަނެއް ހަދަައިގެން މަސައްކަތް ކުރަށްވާތީ އެކަމަށް އިޝާރަތް ކުރަށްވަައި ފައްޔާޒު ވަނީ އެމްޑީޕީ އެއްވެސް މެމްބަރަކު "ބާކީ ނުވުމަށް" އެދިވަޑައިގެންފައެވެ.
ފައްޔާޒު ވަނީ އެމްޑީޕީގެ ނަޝީދު ފެކްޝަން މެމްބަރުން ބާކީނުވެ ރައީސް ސާލިޙާއެކު ރިޔާސީ އިންތިޚާބު އެޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކޮށްދޭން ގޮވާލައްވާފައެވެ. ފައްޔާޒް ވިދާޅުވީ ޕާޓީއެއްގައި އުޅޭއިރު އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ ކަމަށެވެ. އަދި ދެ މީހުންނަށް އެއް ފަހަރާ ވެރިކަމެއް ވެސް ނުކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހުރި ޚިޔާލު ތަފާތުވުންތަކަށް އަދިވެސް ސުލްހަ ކޮންމެވެސް ވަރަކަށް ހޯދޭނެ، އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލްނުވެދާނެ. ދެ މީހުންނަށް އެއްފަހަރާ ވެރިކަމެއް ނުކުރެވޭނެ. އެކަންކަމަށް ވިސްނައި ރާއްޖެއާއި މިގައުމާއި ދިވެހި ރައްޔިތުންނަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އެބަޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ވެސް އެމްޑީޕީ ކުރާނީ ހެޔޮ ވެރިކަމެއް ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން ގެނެސް އަަމާން ވެރިކަމެއް ގާއިމްކުރުމަށް ރައީސް ސާލިޙު ވެރިކަމަށް ގެންނަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަނީ މިނިވަން ދައުލަތެއް އަދި ރައްޔިތުންނަށް ހިދުމަތް ކުރާ ސަރުކާރެއް އަދި ސުލްހަމަސްލަސްކަމާ އެއްކޮށް ވެރިކަމެއް ހިންގާ އެ މަލަރުކޮށްލުމުގެ މަރުހަލާއަށް. އެހެންވީމަ ގާނޫނުއަސާސީން ލިބުނު މިނިވަންކަން ހޯދަން ދިވެހި ރައްޔިތުން ކުރި ކަންތައްތަކާއި އެކަންތައްތައް ރަނގަޅަށް ހިފަހައްޓައި މިއީ ރާއްޖޭގެ އާންމު ގޮތް ކަމަށް ހެދުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ރައީސް ސޯލިހާ އެކީގައި ކާމިޔާބު ކުރަން މިދަނީ." ފައްޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު