އެމްޑީޕީގައި ވަކި ފެކްޝަނެއް ހަދައިގެން ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެޕާޓީގެ އިސްލީޑަރު އަދި ރަައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު އަލަށް ކޯލިޝަން ހަދަން އެއްބަސްވެފައިވާ ޕާޓީތަކާއެކު މިއަދު ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ސާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެޕާޓީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެެއް ހަދައިގެން މަސައްކަތް ކުރަށްވަމުންނެެވެ.
މުލީއާގޭ ބޭރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު ނަޝީދާއި ކޯލިޝަން ހަދަން މަޝްވަރާ ކުރަށްވާނެތޯ ސުވާލު ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެއީ އެމްޑީޕީގެ އެތެރޭގެ ބައެއް ކަމަށާއި ކޯލިޝަން ހަދަން މަޝްވަރާކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދާއި އެއްވެސް މަޝްވަރާއެއް ކުރަށްވާފައި ނުވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގައި އަމަލު ކުރަން އަސާސްތަކާއި އުސޫލުތަކާއި ގަވާއިދުތަކެއް އެބަހުރި ކަމަށާއި ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ އެއާ އެއްގޮތަށް ކަމަށެވެ. އަދި އެމްޑީޕީގައި ވަކި ފެކްޝަނެއް ހަދައިގެން ނަޝީދަށް މަސައްކަތް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެމްޑީޕީގެ މިހާރު އޮތީ ރިޔާސީ ކެންޑިޑޭޓެއް އިންތިޚާބުކޮށްފައި. ޕާޓީ އޮންނަންވާނީ އެ ނިއްމުމާއި އެކީގައި އެއްގޮތަކަށް. ނުނިންމޭނެ ނޫންތޯ، ޕާޓީގައި އެބައޮތޭ ނިންތމުމެއް." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ނުކޮށް ވަކި ފެކްޝަނެއް ހަދައިގެން ނަޝީދު ކުރަށްވާ މަސައްކަތަށް އިޝާރަތް ކުރަށްވައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު އަލަށް ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ އަދާލަތާއި އެމްޑީއޭއާއެކު ރިޔާސީ ކެމްޕެއިން ފެށުމާއި މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ފަށަން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެ ތިން ޕާޓީ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް ދެކެވުނު ވާހަކަތަކުގެ އަލީގައި އާ ކޯލިޝަންގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު