ކޯލިޝަންގައި ހިމެނޭ ޕާޓީތައް އެކުގައި ނުތިބެވޭ ނަމަ، އެ ޕާޓީތަކާއެކު ވެރިކަމަށް އަންނަން ހެދި ކޯލިޝަން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު މިއަދު ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުންނެވެ. މުލީއާގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ. މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުންނާއި ގިނަ ބޭފުޅުން ސަރުކާރުގެ އެކި މަގާމުތަކުގައި އެބަ ތިއްބެވިއެވެ. ޖުމުހޫރީ ޕާޓީގެ ނިންމުމާއެކު އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ގޮވާލައްވަމުންނެެވެ.
އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ހިޔާލު ތަފާތުވާ ބަޔަކާ އެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް ކަމަށާއި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުމުހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމި ނިންމުމަކީ އެ ޕާޓީގެ އެތެރޭގެ ނިންމުމެއް ކަމަށެވެ. ކޯލިޝަން ހެދުމަށް ޖުމުހޫރީ ޕާޓީއަށް ފޮނުވި ސިޓީއަށް ޖަވާބު ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކޯލިޝަން އެގްރިމެންޓްގައި އޮތީ ދައުރު ނިމެންދެން ސަރުކާރާއި އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބެއް ކުރިއަށްދާއިރު ސަރުކާރާއި އެކީގައި ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު އަޅުގަނޑުމެންނަށް އެކީގަ ނުތިބެވޭ ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއޮތީ އެ އެގްރީމެންޓު ނިމުމަކާ ހިސާބަށް ގެންނަން ޖެހިފައި." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އަދިވެސް އެމްއާރުއެމާއި ޖޭޕީއިން ކޯލިޝަނާ ގުޅޭގޮތުން ރަސްމީގޮތުން އެއްޗެއް އަންގާފައިނުވާތީ އެކަން ރަސްމީކޮށް އެންގުމަށް ވެސް އެދިވަޑައިގެންފައެވެ.
ރައީސް ސާލިޙު ވަނީ އެމްޑީޕީއާއެެކު ކޯލިޝަން ހެދުމުގެ ދައުވަތު މީގެ ކުރިން ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމަށް ވެސް ފޮނުވާފައެވެ. ޖުމުހޫރީ ޕާޓީން ވަނީ އެ ދައުވަތު ގަބޫލު ނުކޮށް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ. އެހެން ނަމަވެސް ރައީސްގެ ދައުވަތާއި ގުޅޭގޮތުން އެމްއާރުއެމުން އަދި ވަކިގޮތެއް ނުނިއްމައެވެ.

ކިޔުންތެރިންގެ ހިޔާލު