ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ބަލަން އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ރޭ ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ އެސަރަހައްދުގައި މުޒާހަރާކުރަމުންދިޔަ ފަރާތްތަކުންނެެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީއަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމިޓީއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މޮޓޯކޭޑް ހުއްޓުވި މައްސަލަ އެމްއެންޑީއެފުން ބަލަން ފަށާފައިވާއިރު އެމައްސަލައިގައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން މިހާރު ވަނީ ދުރުކޮށްފަ އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ބެލުމަށް ނިންމައި އެކޮމެޓީއަށް ސަލާމަތީ ބާރުތައް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ރައީސްގެ ސެކިއުރިޓީ ބްރީޗުވެ ރޭ ހިިނގާދިޔަ ހާދިސާ އަކީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރި ހާލަތެއް ކަމަށް ވިދާޅުވެ އެކަމުގައި ސަލާމަތީ ބާރުތަކުގެ އިހުމާލު އޮތްކަން މެމްބަރުން ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު