ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ސެކިއުރިޓީ ބްރީޗްވި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑް ކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސް ދަތުރުފުޅު ކުރެެއްވި މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކުރެެއްވީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމާއި ގުޅިގެން ގާތްގަޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ޕީޕިއެމްގެ އޮފީސް ކައިރީގައި އެމަނިކުފާނަށް ކުރިއަށް ވަޑައިނުގެންނެވި ތާށިވެފައިވަނިކޮށް އެންމެ ފަހުން އެމަނިކުފާނުގެ މޮޓޯކޭޑް ވަނީ ދަތުރު ކުރަމުން ގެންދިޔަ ރޫޓް ބަދަލުކޮށްފައެވެ. ރަައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެެވެ. އެމީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ވަނީ އިތުރުކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލަައިގަަައި ސެކިއުރިޓީ ބްރީޗެއް ހިނގިތޯ ބަލަމުން ގެންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން މިހާރު ޑެޕިއުޓީ ކޮމާންޑަރު އަހުމަދު ހަލީމާ ވަނީ ހަވާލުކޮށްފަ އެވެ.
ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ބެލުމަށް ނިއްމަައި ސަލާމަތީ ބާރުތައް އެ ކޮމެޓީއަށް ހާޒިރުކުރުމަށް މިއަދު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު